މިލިއުން ޝެއަރ ކުރައްވާ

ފެރީ ޓާމިނަލްތައް ލޯންޗު ފެރީތަކަށް ހުޅުވާލަނީ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ފުރަތަމަ ފަސް މަހުގެ ރިސޯޓު ކުލީގެ އާމްދަނީ 20 ޕަސެންޓް ކުރިއަށް

ސަބްސްކްރިޕްޝަންގެ ހައްލަކަށް ބީއެމްއެލްއިން އަދިވެސް ބުނަނީ އަމިއްލައަށް ޑޮލަރު ހޯދައިގެން މުއާމަލާތް ކުރުމަށް

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ގެއްލުން 500 މިލިއަން ޑޮލަރަށްވުރެ މައްޗަށް

މިފްކޯއިން މަސް ގަންނަ އަގު ބޮޑުކޮށްފި

މާލޭގައި ހިންގާ ހުޅުމާލެ ފެރީ ޓާމިނަލާއި މާލޭގައި ހިންގާ ވިލިމާލެ ފެރީ ޓާމިނަލްގެ ބަނދަރު، ލޯންޗު ފެރީ އޮޕަރޭޓް ކުރާ މީހުންނަށް ހުޅުވާލުމަށް މިއަދު ނިންމައިފި އެވެ.

އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވީ އެ ކުންފުނީގެ މި ނިންމުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިސްނެންގެވުމެއްގެ ދަށުން ނިންމި ނިންމުމެއް ކަމަށެވެ.
ފެރީ ޓާމިނަލްތަކުގެ ބަނދަރު ލޯންޗް އޮޕަރޭޓް ކުރާ މީހުން ބޭނުންކުރަން ފުރުސަތު ހުޅުވާލަން ނިންމީ ރަށްރަށުން މާލެއަށް އަންނަ މީހުންނަށް ލުއިގޮތެއް ހަމަޖެއްސުމަށް ކަމަށް އެމްޓީސީސީ އިން ބުންޏެވެ.
ފަޅު ބޭނުންކުރަން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން tsd@mtcc.com.mv އީމެއިލްއަށް ލިޔުމުން ޝައުގުވެރިކަން ހުށަހަޅަންޖެހެ އެވެ.
“އިތުރު މައުލޫމާތު ހޯދެއްވުމަށް މިކުންފުނީގެ ނަންބަރު 7978865 އަށް ގުޅުއްވުން އެދެމެވެ،” އެމްޓީސީސީ އިން ބުންޏެވެ.
މާލެ އިން އަތޮޅުތަކަށް ދަތުރުކުރާ ލޯންޗުތައް މިހާރު އާންމުކޮށް ފުރަނީ މާލޭގެ އެމްއެމްއޭއާ ދިމާލު ޖެޓީންނާއި މޭރީބްރައުން ޖެޓީއާ ދިމާލުންނެވެ. އެކަމަކު އެ ސަރަހައްދުގައި ހިޔާވާނެ އެއްވެސް ގޮތެއް ނެތުމަކީ އާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.