މިލިއުން ޝެއަރ ކުރައްވާ

ޑިވެލޮޕްމަންޓް ބޭންކުގެ އެމްޑީ އިސްތިއުފާ ދީފި

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

ތިލަމާލެ ބްރިޖު މަޝްރޫޢުގެ ސިޔާސީ ބަހުސް

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ރާއްޖޭގައި އަލަށް ގާއިމުކޮށްފައިވާ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް (ޑީބީއެމްއެލް)ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނޮއެލް ގްރެގާ ޕެޓާސަން ޖޯންސް މަގާމުތަކުން އިސްތިއުފާ ދެއްވައިފި އެވެ.

ޑީބީއެމްއެލްގެ ސީއީއޯގެ މަގާމަށް އިނގިރޭސި ރައްޔިތެއް ކަމަށްވާ ނޮއެލް އަދި ޗެއާމަންގެ މަގާމަށް ސިންގަޕޫރުގެ އަރޫނީ ގުނިޓެލެކީ އައްޔަންކުރެއްވީ މިދިޔަ އޮގަސްޓް 26 ވަނަ ދުވަހު އެވެ.

ނޮއެލް ގްރެގާ އިސްތިއުފާ ހުށަހަޅުއްވާފައިވާތީ އޭނާގެ އިސްތިއުފާ ގަބޫލު ކޮށްފައިވާ ކަމަށް ޕްރައިވެޓައިޒޭޝަންގެ އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑުން މިއަދު ވަނީ އިއުލާންކޮށްފަ އެވެ. އެކަމަކު އޭނާ އިސްތިއުފާ ދެއްވި ވަކި ސަބަބެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

ދިވެހި ސަރުކާރުގެ 100 ޕަސަންޓް ހިއްސާ އޮންނަ ގޮތަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑެވެލޮޕްމަންޓް ބޭންކެއއް ގާއިމުކުރީ މެއި މަހުގެ 16 ވަނަ ދުވަހު އެވެ. މިއީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ޑީބީއެމްއެލް ހިންގަން ބޭނުންވާ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ދޫކޮށްފައިވަނީ އޮކްޓޯބަރު 13، 2024 ގައެވެ.