މިލިއުން ޝެއަރ ކުރައްވާ

ޖޫން މަސް ނިމުނުއިރު ރަސްމީ ރިޒާވާއި ބޭނުންކުރެވޭ ރިޒާވް ވެސް ބޮޑުތަނުން ދަށަށް

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

އެކްސިޑެންޓެއް ހިނގައިފި، ތަހުގީގު ކުރަން ފަށައިފި” – މިހިސާބުން ނިންމާލެވޭކަށް ނެތް…

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

ތިލަމާލެ ބްރިޖު މަޝްރޫޢުގެ ސިޔާސީ ބަހުސް

Screenshot

ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވާއި ބޭނުންކުރެވޭ ރިޒާވް ވެސް ބޮޑުތަނުން ދަށަށް ހިނގައްޖެ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭ އިން އާންމުކުރި އިގްތިސާދީ ނަންބަރުތަކަށް ބަލާއިރު، ނިމުނު ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 686.83 މިލިއަން ޑޮލަރެވެ. މިއީ އޭގެ ކުރީ މޭ މަސް ނިމުނުއިރު ރިޒާވްގައި ހުރި 704.77 މިލިއަން ޑޮލަރާ އަޅާބަލާއިރު 17.9 މިލިއަން ޑޮލަރު މަދު އަދަދެކެވެ. މިއަހަރުގެ ކުރީކޮޅު ރާއްޖޭގެ ރިޒާވް ބިލިއަނުން މަތީގައި ހުރި ނަމަވެސް، ޖެނުއަރީ މަހު ހުރި 1.03 ބިލިއަން ޑޮލަރާއި ފެބްރުއަރީ މަހު ހުރި 1.27 ބިލިއަން ޑޮލަރުގެ އިތުރުން މާޗް މަހު 1.33 ބިލިއަން ޑޮލަރަށް ރިޒާވް މަތިވިއެވެ. ނަމަވެސް އެޕްރީލް މަހު ރިޒާވް 717.90 މިލިއަން ޑޮލަރަށް ދަށަށް ދިއުމަށްފަހު، އޭގެ ފަހުން ކޮންމެ މަހަކުވެސް ރިޒާވް ދަނީ ފާހަގަކޮށްލެވޭ މިންވަރަކަށް ހީނަރުވަމުންނެވެ.

ރަސްމީ ރިޒާވްގެ އިތުރުން، ދައުލަތަށް ހަމައެވަގުތުން އެކި ބޭނުންތަކަށް ބޭނުންކުރެވެން ހުންނަ ފައިސާ ނުވަތަ ޔޫޒަބަލް ރިޒާވް ވެސް ވަނީ ޖޫން މަހު އިތުރަށް ދަށަށް ގޮސްފައެވެ. އެމްއެމްއޭގެ ހިސާބުތަކުން ދައްކާގޮތުގައި، ރަސްމީ ރިޒާވާއި އެހެނިހެން ފޮރިން ކަރަންސީ އެސެޓްތަކުން ކުރު މުއްދަތުގެ ދަރަނިތައް އުނިކުރުމުން، ޖޫން މަސް ނިމުނުއިރު ބޭނުން ކުރެވޭ ރިޒާވްގެ ގޮތުގައި ހުރީ 248.91 މިލިއަން ޑޮލަރެވެ. މިއީ މޭ މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވްގައި ހުރި 260.78 މިލިއަން ޑޮލަރާ އަޅާބަލާއިރު 11.87 މިލިއަން ޑޮލަރުގެ ލޮޅުމެކެވެ.

މި ދާއިރާގެ شارަހަކްތަކުން ފާހަގަކުރާ ގޮތުގައި، ރާއްޖޭގެ ރިޒާވް މިގޮތަށް ދަށަށް ދިއުމުގެ މައިގަނޑު ސަބަބަކީ ބޭރުގެ އެކި ފަރާތްތަކަށް ދައްކަންޖެހޭ ބޮޑެތި ދަރަނިތައް ގަވާއިދުން ދައްކަމުން ދިއުމާއި، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ރާއްޖެއަށް މުދާ އެތެރެކުރުމަށް ނުވަތަ އިމްޕޯޓަށް ކުރަންޖެހޭ ހޭދަ ބޮޑުތަނުން އިތުރުވަމުން ދިއުމެވެ.