މިލިއުން ޝެއަރ ކުރައްވާ

200000 ރުފިޔާ އާއި ހަމައަށް ފަވަރައިން މިހާރު ޓްރާންސްފަރ ކުރެވޭނެ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އާޓިފިޝަލް އިންޓެލިޖެންސްގެ އިންގިލާބީ ކުރިއެރުންތަކާއެކު ދުނިޔޭގެ މަސައްކަތުގެ މާހައުލަށް ބޮޑެތި ބަދަލުތަކެއް އަންނަނީ

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

އެމްއެމްއޭއިން ޤާއިމްކޮްފައިވާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ޤާއިމްކުރި އިންސްޓަންޓް ޕޭމަންޓް ސިސްޓަމް “ފަވަރ” އިން މިހާރު ޓްރާންސްފަރ ކުރެވޭ އަދަދު މިހާރުވަނީ ބޮޑުކޮށްފައެވެ. މީގެ ކުރިން ފވަރަ މެދުވެރިކޮށް އެންމެ ބޮޑުކޮށް ފޮނުވޭނީ 50000 ރުފިޔާ އެވެ. އަދި ރިކުއެސްޓް ފޮނުވޭނީ 5000 ރުފިޔާ އާއި ހަމައަށެވެ. އެކަމަކު މިއަދު ގެނެވުނު ބަދަލާއެކު 200000 ރުފިޔާ ޓްރާންސްފަރ ކުރެވި 10000 ރުފިޔާއާއި ހަމައަށް ރިކުއެސްޓް ފޮނުވެއެވެ.

ފަވަރ ގެ ބައިވެރިން މެދުވެރިކޮށް ކޮންމެ ބޭންކެއް ނުވަތަ ޕޭމަންޓް ޚިދުމަތްދޭ ކޮންމެ ފަރާތެއްގައި އެކައުންޓް ނުވަތަ ވޮލެޓެއް އޮތްކަމުގައިވިއަސް ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ފައިސާގެ މުޢާމަލާތްތައް ހިންގޭނެއެވެ.

މިހާހިސާބަށްއައި އިރު ފަވަރައިގައި ބާއިވެރިވެފައިވާ ބޭންކްތަކަކީ:

  1. ބޭންކް އޮފް މޯލްޑިވްސް
  2. މޯލްޑިވްސް އިސްލާމިކް ބޭންކް
  3. ސްޓޭޓް ބޭންކް އޮފް އިންޑިއާ
  4. މޮރިޝަސް ކޮމާޝަލް ބޭންކް
  5. ބޭންކް އޮފް ސިލޯން

އެއްބޭންކެއްގެ އޮންނަ އެކައުންޓްތަކުގެ ދެމެދުގައި، އަދި ދެބޭންކްގެ ދެމެދުގައި ކުރާ ހުރިހާ މުއާމަލާތެއް ފަވަރ އައިޑީ ނުވަތަ ފަވަރަ ރިކުއެސްޓްގެ ޚިދުމަތުން ކުރެވެއެވެ. ނަމަވެސް ދިވެހިންގެ ބޭންކް ކަމުގައިވާ ބޭންކް އޮފް މޯލްޑިވްސް އިން ވަނީ އެބޭންކގެ އެއް އެކައުންޓުން އަނެއް އެކައުންޓަށް ފަވަރަ ރިކުއެސްޓްގެ ޚިދުމަތް ނުލިބޭނެކަމަށް ނިންމާފައެވެ.