މިލިއުން ޝެއަރ ކުރައްވާ

ރައީސުލްޖުމްހޫރިއްޔާ ކުންފުނީގެ އާ ޤާނޫނު ތަސްދީގު ކުރެއްވުން

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

އުރީދޫ ނޭޝަންގެ އެޓޯލް އީސްޕޯޓްސް ލީގުގައި ބައިވެރިވާން ހުޅުވާލައިފި

މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، 2023 ޑިސެމްބަރު 27 ވީ ބުދަ ދުވަހު ކުންފުންޏާ ބެހޭ ގާނޫނު (ގާނޫނު ނަންބަރު 7/2023) ތަސްދީގުކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުން މި ބިލް ފާސްކުރީ 5 ޑިސެމްބަރު 2023 ވީ އަންގާރަ ދުވަހު ބޭއްވުނު، މިއަހަރުގެ 3 ވަނަ ދައުރުގެ 32 ވަނަ ޖަލްސާގައެވެ.

މި ބިލުގައި ކުންފުނިތައް އިންކޯޕަރޭޓްކުރުމާއި، ރަޖިސްޓްރީކުރުމާއި، ހިންގުމާއި އަދި އުވާލުމުގެ ޝަރުތުތައް ހިމަނާފައިވެއެވެ. އަދި، ދިވެހިރާއްޖޭގައި ހިންގާ ކުންފުނިތަކަކީ ދެފުށް ފެންނަހެން ހިންގޭ ތަންތަނަށް ހެދުމަށްޓަކައި ކުންފުނިތަކުގެ ބެލެހެއްޓުމާއި ޝާއިއުކުރުމާބެހޭ ގަވާއިދުތައް ލާޒިމުކޮށް، ހާމަކަން ބޮޑުކުރުމަށް ކަނޑައަޅުއްވާފައިވެއެވެ.

ކުރީގެ ޤާނޫނާއި އެއްފަދައިން، އަމިއްލަ ކުންފުނިތަކާއި ސަރުކާރު ކުންފުނިތައް، އަދި ލޯކަލް އޮތޯރިޓީ ކުންފުނިތައް މި ގާނޫނުގެ ދަށުން ދަފްތަރު ކުރެވޭއިރު، ދިވެހިރާއްޖޭގައި ހިންގަމުންދާ ބޭރުގެ ކުންފުނިތަކާއި ބޭރުގެ ފަރާތްތަކުން ހިއްސާވާ ކުންފުނިތައް “ފޮރިން އިންވެސްޓްމެންޓް ކޮންޕެނީ” ގެ ގޮތުގައި ދަފްތަރު ކުރަން ލާޒިމުކޮށްފައިވެއެވެ. މި ދެންނެވި “ރަޖިސްޓްރޭޝަން” ގެ މަސައްކަތް ކުރިޔަށް ގެންދެވޭނެގޮތް ކުންފުންޏާ ބެހޭ ގާނޫނު (ބާބު 25/79) ގައި ބަޔާންކޮށްފައިވެއެވެ.

ކުރީގެ ޤާނޫނުގައި، އަމިއްލަ ކުންފުންޏެއް އުފައްދަން މަދުވެގެން ދެ ހިއްސާދާރުންނާއި ދެ ޑިރެކްޓަރުން ބޭނުންވާއިރު، މިޤާނޫނުގެ ދަށުން އެއް ހިއްސާދާރަކަށް އެއް ޑިރެކްޓަރާއި އެކީ އަމިއްލަ ކުންފުންޏެއް ހުޅުވޭނެއެވެ. އަދި %100  ދިވެހިން ހިއްސާވާ ކުންފުނިތަކުގައި ޑިރެކްޓަރުންގެ މަޤާމު އަދާކުރެވޭނީ ހަމައެކަނި ދިވެހިންނަށެވެ. މީގެއިތުރުން ކުރީ ޤާނޫނާއި ޚިލާފަށް، ޑިރެކްޓަރުންގެ ޒިންމާތައް ދިވެހިރާއްޖޭގެ ކޯޓުތައް މެދުވެރިކޮށް ކަނޑައަޅައި، ތަފްސީލުކޮށް ޤާނޫނުގައި ހިމަނާފައިވެއެވެ. ވަކި ޝަރުތުތަކެއް ފުރިހަމަ ވާނަމަ ކުންފުނި ތައްގަނޑެއް ދަފްތަރުކުރަން ނުޖެހޭގޮތައްވެސް މިޤާނޫނުގައި ނިންމާފައިވެއެވެ.

މީގެ އިތުރުންވެސް، ދިވެހިރާއްޖޭގައި ހިންގާ ކުންފުނިތައް ޢަމަލުކުރާނެ އެހެނިހެން ޤަވާއިދުތަކާއި އުސޫލުތައް، ކުރިޔާ ޚިލާފަށް ބަދަލުތަކަކާއިއެކު ޤާނޫނުގައި ހިމަނާފައިވެއެވެ.

އެހެންކަމުން، އަދާ ހަމައަށް ބޭނުންކުރަމުން އައި، 1997 ވަނަ އަހަރުގެ ކުންފުންޏާ ބެހޭ ޤާނޫނު އުވި، މިޤާނޫނަށް ރަސްމީކޮށް 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު ޢަމަލުކުރަން ފެށިގެންދާނެއެވެ.