މިލިއުން ޝެއަރ ކުރައްވާ

2023 ވަނަ އަހަރުގެ ދެވަނަ ކުއަޓާރގައި ދިވެހިރާއްޖޭގެ އެސްއޯއީތަކުގެ ސާފު ފައިދާ!

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

އުރީދޫ ނޭޝަންގެ އެޓޯލް އީސްޕޯޓްސް ލީގުގައި ބައިވެރިވާން ހުޅުވާލައިފި

މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

“ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު (ޕީސީބީ)”ގެ 2023 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި (އޭޕްރިލް/މެއި/ޖޫން)،ސަރުކާރު ހިއްސާވާ ކުންފުނިތައް ނުވަތަ އެސްއޯއީތަކުން ފެނިގެންދަނީ ތަފާތު ބޮޑު މާލީ ނަތީޖާތަކެކެވެ.

މިގޮތުން ބޭންކިންގ އަދި ފައިނޭންސްގެ ސިނާއަތުން މިހާތަނުގެ އެންމެ ބޮޑު ފައިދާކަމަށްވާ، 592.47 މިލިއަން ރުފިޔާ  ރިޕޯޓްކޮށްފައިވެއެވެ.

ވަކި ވަކި ކުންފުނިތަކަށް ބަލާއިރު، އެންމެ ބޮޑު ފައިދާއެއް ލިބިފައިވަނީ 197 މިލިއަން ރުފިޔާއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށެވެ.  %56 ގެ މިކުރިއެރުން ލިބުނީ، މައިގަނޑު ގޮތެއްގައި އިންޓަރެސްޓް އާމްދަނީންނާއި ކުންފުނި ހިންގުމުގެ ޚަރަދުތައް ކޮންޓްރޯލްގައި ބެހެއްޓުމުންނެވެ.

ކަރަންޓު އަދި ފެނާއި ނަރުދަމާގެ ޚިދުމަތް ދެމުންދާ ކުންފުނިތަކުންވެސް 2022 ވަނަ އަހަރުގެ ދެވަނަ ފިޔަވައްސާއި އަޅައިކިޔާއިރު، ޖުމްލަގޮތެއްގައި 79.05 މިލިއަން ރުފިޔާއިން 204.50 މިލިއަނަށް ވަނީ ކުރިއަރާފައެވެ. ވަކިވަކިން ބަލާނަމަ މިއީ އެމްޑަބްލިއުއެސްސީގެ %205، ސްޓެލްކޯގެ %183، އަދި ފެނާކާގެ %5 ފައިދާއެވެ.

މިދެންނެވި ސިނާއަތްތަކުގައި ފައިދާ އިތުރުވިއިރު، ދަތުރުފަތުރާއި ކޮންސްޓްރަކްޝަން، އަދި ރިއަލް އެސްޓޭޓް ސިނާއަތުގެ ސާފު ފައިދާ 88% ދަށްވެ، ޖުމްލަ ގޮތެއްގައި ލިބިފައިވަނީ 67.49 މިލިއަން ރުފިޔާއެވެ.

އާމްދަނީ ދަށްވި ނަމަވެސް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ސާފު ފައިދާ ގާތްގަނޑަކަށް ދެގުނައަށް އިތުރުވެ، 147.44 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ސާފު ފައިދާ 428.06 މިލިއަން ރުފިޔާއިން ވަރަށް ބޮޑަށް ދަށްވެފައިވާއިރު، ރޮޑް ޑެވެލޮޕްމެންޓް ކޯޕްރޭޝަން (އާރުޑީސީ) ގެ ސާފު ފައިދާ %246 އިން ވަނީ ދަށްވެފައިއެވެ. މީގެއިތުރުން އެމްޓީސީސީގެ ޖުމްލަ އާމްދަނީ%23 އިން އިތުރުވެފައިވީނަމަވެސް، ސާފު ފައިދާ ވަނީ %38 އިން ދަށަށް ގޮސްފައެވެ.

ހުރިހާ ސިނާއަތެއް މަސްހުނިކޮށް، ޖުމްލަގޮތެއްގައި އެސްއޯއީތަކުގެ ސާފު ފައިދާ 2022 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި 1.48 ބިލިއަން ރުފިޔާ ލިބިފައިވާއިރު، 2023 ވަނަ އަހަރުގެ 1.51 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 30.70 މިލިއަން ރުފިޔާއިން %2 ގެ ކުރިއެރުމެކެވެ.

އެކިއެކި ސިނާއަތްތަކުގެ ތަފާތު ނަތީޖާތަކުން ދައްކުވައިދެނީ، ރާއްޖޭގެ އިޤްތިޞާދީ މާހައުލުގައި ހުރި ތަފާތު ގޮންޖެހުންތަކާއި ފުރުސަތުތަކެވެ.

ޕީސީބީގެ ރިޕޯޓަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމާއި މިސްރާބު ދެނެގަތުމަށް މުހިންމު ވަސީލަތެކެވެ.މި ރިޕޯޓަކީ ކުންފުނީގެ އިސްވެރިންނަށް ސިޔާސަތު ކަނޑައެޅުން ފަދަ އެކި ނިންމުންތައް ނިންމުމަށްޓަކައިއެހީތެރިވެދޭ ޚުލާސާއެކެވެ.