ވޭތުވެދިޔަ ހަފްތާގައި “އޮއިލް ފިއުޗާރސް”ގެ އަގު %2 ދަށަށް ޖެހިއްޖެއެވެ. އޮއިލް ފިއުޗަރސް” އަކީ ތެޔޮގަތުމަށް ވިއްކާ ފަރާތާއި ގަންނަ ފަރާތާއިދެމެދު ތެލުގެ އަގު ކުރިޔަށް ކަނޑައެޅޭ އެއްބަސްވުމެކެވެ. އަގު ދަށަށް އައިސްފައިވަނީ ޗައިނާއިން ތެލަށް އޮތް ޑިމާންޑް ކުޑަވަމުން ދާތީކަމަށް ބެލެވެއެވެ.
ތެލުގެ އަގަށް ބަދަލުއަންނަން ފެށިފައިވަނީ އަހަރު ފެށުނީއްސުރެން ޗައިނާގެ ފެކްޓަރީ އަދި ރީޓެއިލް ބާޒާރު ހަމައަކަށް ނޭޅުމެވެ. ކޮވިޑްގެ ފަހުން ޗައިނާ އަދިވެސް އިގްތިސާދު ކުރިއަރާނެކަމަށް ބެލެވިފަިވާ މިންވަރާއި ގާތަށްވެސް ކުރިއެރުމެއް ލިބިފައި ނުވުމެވެ. މިކަމާއި ގުޅިގެން ތެލުގެ ބާޒާރަށް ލޮޅުން އަންނަ އެންމެ ބޮޑު ސަބަބަކީ ދެވަނައަށް އެންމެ ގިނައިން ތެޔޮ ބޭނުންކުރާ ޤައުމަކީ ޗައިނާކަމުގައި ވާތީވެއެވެ. އަދި ޗައިނާގެ ތެލުގެ ޑިމާންޑް މަޑުޖެހެމުން ދިއުމުގެ އަނެއް ސަބަބަކީ ޗައިނާގައި އިލެކްޓްރިކް ވެހިކަލް ގިނަވުންކަމަށްވެސް ބެލެވެއެވެ.
ތެލުގެ ބާޒާރަށް އިތުރު ލޮޅުން އައިސްފާވާ އަނެެއް ސަބަބަކީ އީރާނުން ތެޔޮ އެކްސްޕޯރޓް ކުރާ މިންވަރު އިތުރުވުމާއި ރަޝިޔާ ޔުކްރެއިން ހަނގުރާމައާއި ގުޅުވާ “ސީބޯން ޑީސަލް އަދި ގެސޮލިން: އެކްސްޕޯރޓް އިތުރުކުރުމެވެ. ތެލުގެ ސަޕްލައި އިތުރުވުމުން ތެލުގެ އަގުދަށަށްދެއެވެ. ތެލުގެ އަގު ދަށަށް ދިއުމުން ތެޔޮ އުފައްދާ ޤައުމުތަކުގެ އިގްތިސާދު ދަށަށް ދާނެއެވެ.
ކޮވިޑްގެ ދުވަސްވަރު ދަށަށް ދިއުމަށްފަހު ޗައިނާގެ އިގްތިސާދު އަންނަނީ ރަނގަޅުވަމުން ކަމަށް އިކޮނޮމިސްޓުން ބުނާއިރު، އިގްތިސާދު ކުރިއަރާނެކަމަށް 2023 ގައި ބެލެވެނީ %5.1 އެވެ. ނަމަވެސް އަދިވެސް ޗައިނާ ދަނީ ކޮވިޑްގެ ދުވަސްވަރު ގޮންޖެހުންތަކުން އަދިވެސް އަރައި ނުގަނެއެވެ. މިކަން ދައްކުވައިދޭ އެންމެ ބޮޑު އެއް ހެއްކަކީ މިކްއާރޓަރގައި ޗައިނާގެ އިގްތިސާދު ކުރިއަރާފައިވަނީ %0.4 އެއެވެ. ކުރިއަރާނެ ކަމަށް ބެލެވިފައިވާ މިންވަރާގާތައްވެސް ކުރިނޭރުން ވެގެންދާނީ ރީޓެއިލް މާރކެޓް އިތުރަށް ދަށްވެ ތެލުގެ ޑިމާންޑް ޗަައިނާގައި އަންނަ މަސްތަކުގައި އިތުރަށް ދަށްވެދާނެ ކަމުގެ ނިޝާންތަކެވެ.