މިލިއުން ޝެއަރ ކުރައްވާ

ޖުލައި 10ގައި ސަރުކާރުގެ ޓްރޭޑް ވަފްދެއް އެމެރިކާއަށް ދަނީ!!!

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ކްރޫޒް ލައިނާތަކުން އައި ޓޫރިސްޓުންގެ އަދަދު ދެ ގުނަ މައްޗަށް

މިއަދު ށ.މިލަންދުއަށް ރައީސް މުއިއްޒު ވަޑައިގެން ދަތުރުފުޅުގައި އެރަށުގެ ރައްިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ އެމެރިކާގެ ވެރިރަށް ވޮޝިންޓަނަށް ސަރުކާރުގެ ފަރާތުން ޓްރޭޑް ވަފުދެއް ޖުލައިމަހުގެ 10 ދުވަހު ދަތުރު ކުރާނެކަމަށެވެ. އަދި ވިދާޅުވީ މިއީ ދިވެހި ރާއްޖޭގެ ތާރީޚުގައިވެސް މިފަދަ ވަފުދެއް އެމެރިކާއަށް ދާ ފުރަތަމަ ފަހަރުކަމަށެވެ.

މީގެ އިތުރުން މޭމަހުގެ ތެރޭގައި އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް ވެސް މިފަދަ ވަފުދެއް ދާނެކަމުގައި އިޤްތިސާދާ ބެހޭ ވަޒީރު ވިދާޅުވިއެވެ. “ތުރުކީ އާއެކު ފްރީ ޓްރޭޑް އެގްރީމަންޓަކަށް މިހާރު ކުރެވުނު މަސައްކަތުގެ ނަތީޖާ އަކީ، ތުރުކީއާއެކު 35 ބާވަތެއްގެ މުދާ ވާނީ ކަނޑައެޅިފަ، ހަމަ އެގޮތަށް ތުރުކީ ސަރުކާރުންވެސް ހަމަ އެ އަދަދަށް ފްރީ ޓްރޭޑް އެގްރީމަންޓަކަށް ދާން ލިސްޓެއް ތައްޔާރު ކުރެވިފައި ވަނީ، އަޅުގަނޑުމެން މި ބަލަނީ ދެން ރައީސް ކުރައްވާ ދަތުރުފުޅެއްގެ ކުރިން އެކަން ނިންމޭތޯ،” މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ރޯދަމަހުގައި ކާބޯތަކެތީގެ އަގު ބޮޑުވިޔަ ނުދިނުމަށް ރައީސް މުއިއްޒުގެ ލަފާގެ ދަށުން ވޯކިން ކޮމިޓީއެއް ހަދައިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.