މިލިއުން ޝެއަރ ކުރައްވާ

ކައުންސިލްތަކަށް ޓެކްސް އާމްދަނީގެ ބައެއް ލިބޭނޭގޮތް ހަދައިދޭނަން: ރައީސް

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

މި މަސް ނިމުމުގެ ކުރިން ބީއެމްއެލް ޑޮލަރު ލިމިޓަށް ހެޔޮ ބަދަލުތަކެއް ގެންނަނީ

ދައުލަތުގެ ޖުމްލަ ޚަރަދު 19.1 ބިލިއަން ރުފިޔާއަށް؛ އެންމެ ބޮޑު ހޭދައެއް ތަޢުލީމީ ދާއިރާއަށް

ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ދިވެހިރާއްޖެއަށް ތައާރަފުކޮށްފި

ބީއެމްއެލްގެ 1000 ޑޮލަރު ލިބޭ ޕްރޮމޯޝަން

ދައުލަތަށް އެކިއެކި ސިނާޢާތްތަކުން ޓެކުހުގެ ލިބޭ ފައިސާގެ އާމްދަނީން ބައެއް ކައުންސިލްތަކަށް ލިބިގެންދާގޮތަށް ޤާނޫނީ އޮނިގަނޑަށް ބަދަލުގެނެސްދެއްވާނެކަމަ ރައީސް ވިދާޅުވެއްޖެއެވެ. ރައީށް މިހެން ވިދާޅުވީ ވ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގެތެރެއިން އެއަތޮޅު ކެޔޮދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރޭގައެވެ.

ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކާއި ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓީޖީއެސްޓީން ވަކި އިންސައްތައެއް ކައުންސިލްތަކުގެ އާމްދަނީއަށް އިތުރުކުރަން ލާމަރުކަޒީ ގާނޫނާއި ޓޫރިޒަމް ގާނޫނަށް އިސްލާހު ގެންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އެއީ ހަޤީޤީ މާނާއިގައި ލާމަރުކޒު ކުރެއްވުންކަމަށްވެސް އެމަނިކުފާނު ސިފަކުރެއްވިއެވެ.