މިލިއުން ޝެއަރ ކުރައްވާ

ރިއަލް އެސްޓޭޓް މައްސަލަތަކަށް ޙައްލު ލިބޭގޮތަށް ޤާނޫނެއް ހެދުމަށް މަޖިލީހަށް ބިލެއް ހުށަހަޅައިފި

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ކްރޫޒް ލައިނާތަކުން އައި ޓޫރިސްޓުންގެ އަދަދު ދެ ގުނަ މައްޗަށް

ސަރުކާރުގެ ފަރާތުން މިފަދަ ބިލެއް ހުށަހެޅީ ތޮއްޑޫ ދާއިރާގެ މެމްބަރު ޙަސަން ޝިޔާންއެވެ. އަދި މިބިލުގެ ފުރަތަމަ ކިޔން މިހާރުވަނީ އިއްވާފައެވެ. މިބ9ިލުގެ ބޭނުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ކުރިއަރުވައި ޖަވާބުދާރީކުރުވަނިވި ނިޒާމެއްގެ ދަށުން ރިއަލް އެސްޓޭޓް ވިޔަފާޜި ހިންގޭނެގޮތް ފަހިކުރުމެވެ.

މިބިލުގައި ކަމާގުޅޭ ވުޒާރާއިން ހަދާ ގަވާޢިދެއްގެ ދަށުން މިފަދަ ވިޔަފާރިކުރާފަރާތްތައް ރަޖިސްޓްރީކުރަންޖެހެއެވެ. މީގެ އިތުރުން މިފަދަ މައްސަލަތަކުގައި ދިވެހިން ތަޙާއްމަލްކުރަމުންއައި ތަފާތު ގިނަމައްސަލަތަކުގެ ފަރުވާ މިބިލުން ލިއްބައިދޭގޮތަށް ވަނީ ބިލުފަރުމާކުރެވިފައެވެ.

އަދި މިކަންކަމާއި ޚިލާފުވާފަރާތްތަކަށް އެޅޭނެ ހަރުކަށިފިޔަވަޅުތައްވެސް ބިލުގައިވަނީ ބަޔާންކޮށްފައެވެ. މިގޮތުން ހުއްދަ ހިފެހެއްޓުމާއި، ހުއްދަބާތިލުކުރުމާއި، ޖޫރިމަނާކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން ޖިނާޢީ ކުށެއް އެކުލެވޭނަމަ ތަޙުޤީޤީ އިދާރާއަށް މިނިސްޓްރީގެ ފަރާތުން ޙުށަހެޅުމުގެ ބާރުވެސް ވަނީ ދީފައެވެ.