މިލިއުން ޝެއަރ ކުރައްވާ

އަހަރުގެ މިހާތަނަށް 5 ލައްކަ ފަތުރުވެރިން

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

ދަރަނިތަކަށް 5.1 ބިލިއަން ހޭދަކުރުމާ އެކު، ބަޖެޓުގެ ބެލެންސް 1.3 ބިލިއަން އަރަނިކޮށްފި

މިއަހަރުގެ މާރޗް 19 އާއި ހަމައަށް 524،339 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ. މިދިއައަހަރު އެންމެ ގިނައިން ފަތުރުވެރިން އައި އިންޑިޔާ މިއަހަރު އުޅެނީ 6 ވަނައިގައެވެ. އެންމެ ކުރީގައި އުޅެނީ ޗައިނާއެވެ. މިހާތަނަށް 61 ހާސް ފަތުރުވެރިން އައިއިރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާ އިނަނެވެ. އެއީ 53 ހާސް ފަތުރުވެރިންނެވެ.

މިއަހަރުގެ ޓޫރިޒަމް ޓާގެޓްގެ %25 ހާސިލްވެއްޖެކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވަނީ ޓްވީޓް ކުރައްވާފައެވެ. މިޓްވީޓްގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ އެންމެ ފަރާތްތަކުގެ ބުރަ މަސައްކަތް ފާހަގަކޮށްފައިވެއެވެ. މިއަހަރު ރާއްޖޭގެ ޓޫރިޒަމްގެ ޓާރގެޓަކީ 2 މިލިއަން ފަތުރުވެރިންނެވެ.