މިލިއުން ޝެއަރ ކުރައްވާ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މަނީ ޓްރާންސްފާ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓްތަކުގައި މުއާމަލާތުކުރެވޭގޮތް ހަދައިފި

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

އުރީދޫ ނޭޝަންގެ އެޓޯލް އީސްޕޯޓްސް ލީގުގައި ބައިވެރިވާން ހުޅުވާލައިފި

މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅު ކުރުމުގެ ފިޔަވަޅެއްގެ ގޮތުން ބީއެމްއެލް މަނީ ޓްރާންސްފާ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓްތަކުގައި މުއާމަލާތު ކުރެވޭގޮތް ހަދައިފިއެވެ. މި ބަދަލުގެ ސަބަބުން ކަސްޓަމަރުންނަށް ޚިޔާރުކުރާ  މަނީ ޓްރާންސްފާ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓްތަކުން ފައިސާ ފޮނުވުމާއި ލިބޭނެ ގޮތް ފަސޭހަވެގެންދެއެވެ.

މިބަދަލާއެކު ބީއެމްއެލްގެ ކަސްޓަމަރުންނަށް ވިސާ ޔޫއެސްޑީ ކްރެޑިޓް ކާޑު، މާސްޓަކާޑް ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑު ނުވަތަ ޔޫއެސްޑީ އެކައުންޓަކާއެކު (ޕްރައިމަރީ އެކައުންޓެއްގެ ގޮތުގައި) ބީއެމްއެލް އިން ދޫކުރާ ޑެބިޓް ކާޑެއް ވެސް ބޭނުންކުރެވޭނެ އެވެ. ބީއެމްއެލްގެ ސީއީއޯ ކާލް ސްޓަމްކަ ވިދާޅވީ ބައިނަލްއަގްވާމީ މަނީ ޓްރާންސްފާތަކަށް ބަރޯސާވާ ފްރީލާންސަރުންނާއި ކުދި ވިޔަފާރިތަކަށް އެހީތެރިވުމަށް ބޭންކުން ކުރާ މަސައްކަތަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެޅުނު ހަރުދަނާ ފެިޔަވަޅެއް ކަމަށެވެ.

ގެނެވުނު މިބަދަލުތަކާއި ގުޅިގެން ބީއެމްއެލް އިން ޝާއިއުކޮށްފައި ސުވާލާޖަވާބުތަކަކީ

  1. އޮންލައިންކޮށް ފޮރިން މަނީ ޓްރާންސްފާ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓްތަކުގައި މުއާމަލާތްތައް ބޭންކުން އަލުން އެނެބަލްކޮށްފައިވޭތޯ؟

ބީއެމްއެލްގެ ކަސްޓަމަރުންނަށް ބޭންކިންގ އަދި ޕޭމަންޓް ތަޖުރިބާ އިތުރުކުރުމަށްޓަކައި، ކުރިން ބްލޮކްކޮށްފައިވާ ބޭރުގެ ވިޔަފާރިވެރިންގެ މުޢާމަލާތްތައް ޚިޔާރުކުރެވޭ މަނީ ޓްރާންސްފާ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓްތައް ހިމެނޭގޮތަށް ބޭންކުން ވަނީ މިހާރު އަންބްލޮކްކޮށް ކަސްޓަމަރުންނަށް ފަހިކޮށްދީފައެވެ.

  1. ލިބޭ ފައިސާ ޔޫއެސްޑީ އެކައުންޓަށް ޖަމާކުރެވޭތަ؟

ކުރިން ބްލޮކްކޮށްފައިވާ ޕްލެޓްފޯމްތަކުން ފައިސާ ފޮނުވުމާއި ލިބުމަށް ކަސްޓަމަރުންނަށް ބޭންކުގެ ވިސާ ޔޫއެސްޑީ ކްރެޑިޓް ކާޑު ނުވަތަ މާސްޓާކާޑް ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑު ބޭނުންކުރެވޭނެ އެވެ. މާސްޓަރކާޑް ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑަށް ލިބޭ ފައިސާ ޔޫއެސްޑީ އެކައުންޓަށް ޓްރާންސްފާ ކުރެވޭނެއެވެ.

  1. ފައިސާ ފޮނުވުމަށް ޑެބިޓް ކާޑު ބޭނުންކުރެވިދާނެތޯ؟

ކަސްޓަމަރުންނަށް މި ޕްލެޓްފޯމްތަކަށް ފައިސާ ފޮނުވުމަށް ކާޑުގެ ޕްރައިމަރީ އެކައުންޓެއްގެ ގޮތުގައި ޔޫއެސްޑީ އެކައުންޓާއެކު ބީއެމްއެލް އިން ދޫކޮށްފައިވާ ޑެބިޓް ކާޑު ބޭނުންކުރެވޭނެ އެވެ.

  1. ކާޑަށް އަންނަ ކްރެޑިޓަށް އެއްވެސް ފީއެއް ނަގާނެ ހެއްޔެވެ؟

ކާޑަށް ފައިސާ ލިބޭ ވަގުތު ބީއެމްއެލް އިން އިތުރު ފީއެއް ނުނަގާނެ އެވެ. ނަމަވެސް މަނީ ޓްރާންސްފާ ޚިދުމަތް ނުވަތަ ޑިޖިޓަލް ވޮލެޓް ޓްރާންސްފާ ކުރާއިރު ފީއެއް ނަގާފާނެއެވެ.

  1. ޓީޓީ މެދުވެރިކޮށް ޔޫއެސްޑީ އެކައުންޓަށް ޔޫއެސްޑީ އަދިވެސް ރިސީވްކުރެވޭނެތޯ؟

އާދައިގެމަތިން ޔޫއެސްޑީ އެކައުންޓަށް އަންނަ ހުރިހާ ޓީޓީއެއް އާންމުއުސޫލުން ޖަމާކުރަމުން ގެންދާނެއެވެ. 500 ޑޮލަރާއި ހަމައަށް ހުރިހާ ޓީޓީއެއް ހިލޭ ރިސީވްކުރެވޭނެ އެވެ.

  1. މިހާރު ހުރިހާ ރެސްޓްރިކްޓެޑް ސައިޓްތަކެއް އަންބްލޮކް ކުރެވިފައިވޭތޯ؟

ކާޑު ޑޭޓާ ކޮމްޕްރޮމައިޒް ކުރުމާ ގުޅިފައިވާ އަދި ޖުއާކުޅުން ނުވަތަ އެހެންވެސް ގާނޫނާ ހިލާފު ހަރަކާތްތަކަށް ބޭނުންކުރާ ވެބްސައިޓްތައް ކަސްޓަމަރުން ހިމާޔަތް ކުރުމަށްޓަކައި ކުރިޔަށް އޮތްތަނުގައިވެސް ބްލޮކް ކުރެވޭނެއެވެ.