މިލިއުން ޝެއަރ ކުރައްވާ

ބިލިއަނަރުންގެ އަދަދު ބޮޑުތަނުން އިތުރުވިއްޖެ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

ދަރަނިތަކަށް 5.1 ބިލިއަން ހޭދަކުރުމާ އެކު، ބަޖެޓުގެ ބެލެންސް 1.3 ބިލިއަން އަރަނިކޮށްފި

ދުނިޔޭގެ ބިލިއަނަރުންގެ އަދަދު އިތުރުވެ 2،781 އަށް އަރާފައިވާ ކަމަށް ފޯބްސްގެ އެންމެ ފަހުގެ މުއްސަނދިކަމުގެ ރޭންކިންގައި ރިޕޯޓްކޮށްފައިވެ އެވެ. ޕޮޕް އައިކަން ޓޭލާ ސްވިފްޓް ވެސް މި ލިސްޓުގައި މިހާރުވަނީ އިތުރުކުރެވެިފައެވެ. އޭނާގެ މުއްސަނދިކަން މިހާރު 1.1 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.

އަލްޓްރާ ވެލްތީ މުއްސަދިންގެ މި ކުރިއެރުން ލިބިފައިވީނަމަވެސް، އިންފްލޭޝަން އާއި ދިރިއުޅުމުގެ ހަރަދުގެ ދަތިކަމުގެ ސަބަބުން އެތައް ބިލިއަން މީހުންނަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތައްވެސް ދަނީ އިތުރުވަމުންނެވެ. ބިލިއަނަރުންގެ ލިސްޓް ފާއިތުވި ދިހަ އަހަރު ތެރޭގައި %120 އިން ކުރިއަރާފައިވެއެވެ.

“މިއީ އަހަރެމެންގެ ދުނިޔޭގައި މުއްސަނދިންނާއި ފަގީރުންގެ ދެމެދުގައިވާ ފަރަގު އިންތިހާއަށް ބޮޑުކަން ހަނދާންކޮށްދޭ ކަމެއް،” ހައި ޕޭ ސެންޓަރުގެ ތިންކްޓެންކުގެ ލޫކް ހިލްޑިއާޑް ވިދާޅުވި އެވެ. “މި ވަގުތަކީ މުޖުތަމައުގެ ފައިދާއަށްޓަކައި މިފަރަގުކުޑަކުރުމަށް ހައްލުތަކެއް ހޯދަން ޖެހޭ ވަގުތެކެވެ.”

ބިލިއަނަރުންގެ ލިސްޓަށް ބަލާލާއިރު ލަގްޒަރީ ކޮންގްލޯމެރޭޓް އެލްވީއެމްއެޗްގެ ބާނާޑް އާނަލްޓް އަކީ މިހާރު ދުނިޔޭގެ އެންމެ މުއްސަނދިކަމުގެ އެއްވަނައިގައި އުޅެނީ 220 ބިލިއަން ޑޮލަރަށް ވުރެ ބޮޑު މުއްސަނދިކަމަކާ އެކުގަ އެވެ. ޓެކް ޖަޔަންޓްސް ޖެފް ބެޒޯސް (200 ބިލިއަން ޑޮލަރު)، އެލޮން މާސްކް (191 ބިލިއަން ޑޮލަރު)، އަދި މާކް ޒުކަބާގް (177 ބިލިއަން ޑޮލަރު) އަށްފަހު ވޮރެން ބަފެޓް (138 ބިލިއަން ޑޮލަރު) ލެރީ އެލިސަން (155 ބިލިއަން ޑޮލަރު)، ފަދަ ޒަމާންވީ އިންވެސްޓަރުންގެ ފަހަތުގައި ބިލް ގޭޓްސް (130 ބިލިއަން ޑޮލަރު)، ލެރީ ޕޭޖް (129 ބިލިއަން ޑޮލަރު)، ސްޓީވް ބާލްމަރ (124 ބިލިއަން ޑޮލަރު)، އަދި ސާގޭ ބްރިން (124 ބިލިއަން ޑޮލަރު) ފަދަ ސޮފްޓްވެއާ ޓައިކޯންސް ވެސް ހިމެނެ އެވެ މިއެނަމަނަކީ މިލިސްޓުގެ އެންމެ ކުރީގައި ތިބި މީހުންނެވެ.