އަސާސީ މުދާ ރާއްޖެއަށް ގެނައުމަށް އިންޑިއާއިން ދީފައިވާ ހުއްދައިގެ މުއްދަތު ރާއްޖެއިން އެދިގެން އިތުރުކޮށްދީފިއެވެ. މިއީ މިމއެއްބަސް ހެދުމަށްފަހު މިވޭތުވެދިޔަ 43 އަހަރުތެރޭގައި ހުއްދަދޭ އެންމެ ބޮޑު އަދަދު ކަމުގައި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ވިދާޅުވިއެވެ.
ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ހާމަކުރައްވާފައިވާ ގޮތުގައި 2024-2025 ވަނަ އަހަރަށްވެސް ކަނޑައަޅާފައިވާ ޚާއްސަ އަގުތަކެއްގައި ލިބޭނެކަމަށެވެ. މިތަކެތީގެ ތެރޭގައި ހިލަ، ހިލަވެލި، ބިސް، މުގު، ފިޔާ، އަލުވި ފުށް، ހަކުރު އަދި ހަނޑޫ ހިމެނެއެވެ. ތަކެތީގެ ހުއްދަ އިތުރު ކުރުމާއެކު ތަކެތި އެތެރެކުރެވޭ އަދަދުވެސް 5 އިންސައްތަ އިތުރު ކޮށްދީފައެވެ.
ހުއްދަދީފައިވާ ބާވަތްތަކުގެ ތަފްސީލް:
ހަނޑޫ: 124000 މެޓްރިކް ޓަން
ފުށް: 109000 މެޓްރިކް ޓަން
ހަކުރު 64000 މެޓްރިކް ޓަން
އަލުވި: 21000 މެޓްރިކްޓަން
ބިސް: 428 މިލިއަން
ފިޔާ: 36000 މެޓްރިކް ޓަން
މުގު: 224 މެޓްރިކް ޓަން
ހިލަ: އެއް މިލިއަން މެޓްރިކްޓަން
ހިލަވެލި އެއް މިލިއަން މެޓްރިކް ޓަން
އެންމެ ފަހުން މިހުއްދަ އައު ކޮށްފައިވަނީ 2021 ވަނަ އަހަރު 3 އަހަރުގެ މުއްދަތަށެވެ. މިފަހަރު އައު ކޮްދިނީ އެއްއަހަރަށެވެ.