މިލިއުން ޝެއަރ ކުރައްވާ

ބަދަލުދެމުން މިގެންދަނީ ކުރީސަރުކާރުގެ އެގްރީމެންޓްތަކަށް: މާލީވަޒީރު

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ކްރޫޒް ލައިނާތަކުން އައި ޓޫރިސްޓުންގެ އަދަދު ދެ ގުނަ މައްޗަށް

މިހާތަނަށް މިސަރުކާރުން އެއްވެސް ބަޔަކަށް ބަދަލުދޭން ނިންމާފައިނުވާކަމަށް މާލީވަޒީރު ވިދާޅުވެއްޖެއެވެ. ފުރަތަމަ ކުއާޓަރު ނިމުނު އިރު ބަދަލުދެވިފައިވަނީ ހުސްވެސް ކުރީސަރުކާރުގެ ދުވަސްވަރު ހިނގާފައިވާ އެކިއެކި ކަންތައްތަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިހާރު ބަދަލު ދެމުން މިދަނީ ކުރީ ސަރުކާރުގެ  ސެޓުލްމެންޓް ކޮމިޓީން ބައެއް ޕޭމެންޓްތައް ދޫކޮށްފައި ހުރި ފަރާތްތަކަށް ކަމަށެވެ. އެ ފަރާތްތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާއެވެ. އަދި އެ ފައިސާ ނުދީފި ނަމަ، އިތުރު ޖޫރިމަނާތަކެއް ސަރުކާރުން ދައްކަން ޖެހޭ ގޮތަށް ބަދަލު ދިނުމުގެ އެއްބަސްވުންތައް ހަދާފައި ހުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

މާލީވުޒާރާގެ ހިސާބުތަކުން ދައްކާގޮތުގައި 82 މިލިއން ރުފިޔާ މިއަހަރު މިހާތަނަށް ބަދަލުގެ ގޮތުގައި ވަނީ ދީފައެވެ. އަދި އިތުރު ފައިސާވެސް ހުރުމަކީ ވެދާނެކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.