މިލިއުން ޝެއަރ ކުރައްވާ

އެސްޑީއެފްސީ ލޯނުތައް ދައްކަން ޖެހޭ މުއްދަތު އިތުރުކުރަނީ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

ކޮވިޑް ތެރޭގައި އެސް އެމް އީ ބޭންކުން ދޫކުރި ލޯނުތަކުގެ އަނބުރާ ދައްކަން ޖެހޭ މުއްދަތު ދޫކުރި ތާރީކުން ފެށިގެން 10 އަހަރަށް މުއްދަތު އިތުރު ކުރުމަށް ނިންމައިފިއެވެ. އެސްއެމް އީ އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ޢީދުބަންދަށްފަހު ހުޅުވޭ ހަފްތާގައި ލޯނުނަގާފައިވާ ފަރާތްތަކަށް އިންޓަރެސްޓް މާފްކޮށްދިނުމުން އަންނަ ބަދަލުތައް ޕޯޓަލްއިން ފެންނާނެކަމުގައެވެ.

އިންޓަރެސްޓްގެ ގޮތުގައި މިހާތަނަށް ދައްކާފައިވާ ފައިސާ ލޯނުގެ އަދަދުން އުނިކުރާނެ ކަމަށް ވިދާޅުވިއެވެ. އަދި މިގޮތަށް އުނިކުރުމުން ޕްރިންސިޕަލް އަދަދަށްވުރެ އިތުރަށް ދެއްކިފައިވާނަމަ އެފައިސާ އަނބުރާ އެފަރާތަކަށް ރައްދު ކުރާނެކަމަށްވެސް އެބަޔާނުގައި ވެއެވެ. އަދި މިހާތަނަށް މިލޯނުދައްކާ ޚަލާސްކޮށްފައިވާ ފަރާތްތަކަށްވެސް އިންތަރެސްޓްގެ ގޮތުގައި ދެއްކި ފައިސާ އަނބުރާދޭނެކަމުގައިވެސް އެސްއެމްއީން ހާމަކުރެއެވެ.

ލޯނުތަކުގެ އިންތަރެސްޓް މާފުކުރިކަން ރައީސް ިއުލާނުކުރެއްވީ ލ.ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވި ޖަލްސާގައެވެ. މިލޯނުތަކުގެ އިންޓރެސްޓް މާފުކުރާނެކަމަށް ކުރީސަރުކާރުންވެސް ވަނީ އިއުލާނުކޮށްފައި ކަމަށާއި އެއިއުލާނަށް އަމަލުކޮށްފައިނުވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.