މިލިއުން ޝެއަރ ކުރައްވާ

މިދިޔަ އަހަރަށްވުރެ ޚަރަދުތައް 19 ޕަސަންޓް ދަށުގައި

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ކްރޫޒް ލައިނާތަކުން އައި ޓޫރިސްޓުންގެ އަދަދު ދެ ގުނަ މައްޗަށް

މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުން ކުރި ހޭދަ ހުރީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 19 ޕަސަންޓް ދަށުގައި ކަމަށް މާލީ ވުޒާރާގެ ހިސާބުތަކުން ދައްކައިފި އެވެ.

މާލީވުޒާރާގެ ހަފްތާގެ ފިސްކަލް ރިޕޯޓުން ދައްކާ ގޮތުން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ލޯނުތައް ދެއްކުމަށް ކުރިހޭދައާއެކު ދައުލަތުގެ ހަރަދު ހުރީ 11.6 ބިލިއަން ރުފިޔާގަ އެވެ. މިދިޔަ އަހަރު ހުރީ 14.4 ބިލިއަން ރުފިޔާގަ އެވެ.

ލޯނު ދެއްކުމަށް ކުރި ހޭދަ ނުހިމަނައި މިއަހަރުގެ މި މުއްދަތުގައި ހަރަދު ހުރީ 10.7 ބިލިއަން ރުފިޔާގަ އެވެ. މިދިޔަ އަހަރު ހުރީ 13.6 ބިލިއަން ރުފިޔާ އެވެ.

ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމަށް މިދިޔަ އަހަރުގެ މި މުއްދަތުގައި 3.6 ބިލިއަން ރުފިޔާ ހަރަދުކުރިއިރު މި އަހަރު ހޭދަކޮށްފައިވަނީ 1.3 ބިލިއަން ރުފިޔާ އެވެ.

އިދާރީ އަދި ހިންގުމުގެ ހަރަދަށް މިދިޔަ އަހަރުގެ މި މުއްދަތުގައި 5.9 ބިލިއަން ރުފިޔާ ހޭދަކުރިއިރު މިއަހަރު ހޭދަކުރީ ފަސް ބިލިއަން ރުފިޔާ އެވެ.

މުސާރަ އާއި އިނާޔަތް އަދި ޕެންޝަނަށް މިއަހަރު 3.2 ބިލިއަން ރުފިޔާ ހޭދަކުރިއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކޮށްފައިވަނީ 2.9 ބިލިއަން ރުފިޔާ އެވެ.