މިލިއުން ޝެއަރ ކުރައްވާ

އޭޑީކޭ ހޮސްޕިޓަލަށް މާލީ ދަތިކަމެއް ކުރިމަތިވެ، ހިދުމަތް މެދުކެނޑިދާނެ ކަމުގެ އިންޒާރު

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

ދަރަނިތަކަށް 5.1 ބިލިއަން ހޭދަކުރުމާ އެކު، ބަޖެޓުގެ ބެލެންސް 1.3 ބިލިއަން އަރަނިކޮށްފި

ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް ކަމަށްވާ އޭޑީކޭ ހޮސްޕިޓަލަށް މާލީ ދަތިކަން ކުރިމަތިވެފައި ވަނީ އާސަންދައިން ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ކަމަށް އެ ހޮސްޕިޓަލުގެ ޗެއާމަން އަހުމަދު ނަޝީދު މިއަދު އޮތް ރައްޔިތުންގެ މަޖްލިހުގެ މާލިއްޔަތު ކޮމެޓީގައި ވިދާލުވެއްޖެއެވެ. އާސަންދައިން ދައްކަންޖެހޭ ފައިސާގެ އަދަދު 251 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، މި ފައިސާ ނުލިބުމުން އޭޑިކޭއަށް ލިބިފައިވާ މާލީދަތިކަމުގެ ސަބަބުން ހޮސްޕިޓަލުގެ އޮޕަރޭޝަންތައް ހިންގުން ދަތިވެފައިވާކަށް ނާޝިދު ވިދާލުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން ނާޝިދު ވިދާޅުވީ، ދައުލަތުން މަހަކު ދައްކާ 25 މިލިއަން ރުފިޔާއަކީ މަހަކު 45 މިލިއަން ރުފިޔާގެ ހަރަދު ހިނގާ ހޮސްޕިޓަލެއްގެ އޮޕަރޭޝަނަލް ހަރަދު ފޫބެއްދުމަށް ފުދޭވަރުގެ އަދަދެއް ނޫން ކަމަށެވެ. މި ތަފާތުގެ ސަބަބުން އޭޑީކޭއަށް އެކި ބޭންކުތަކުން 150 މިލިއަން ރުފިޔާ ދަރަންޏަށް ނަގަން މަޖުބޫރުވެ، އިންޓަރެސްޓް ގޮތުގައި އިތުރު 17 މިލިއަން ރުފިޔާ ދައްކަންޖެހޭކަމަށެވެ.

ހާލަތު އިތުރަށް ގޯސްވެފައިވަނީ އެޗްއެސްބީސީގެ އޮޕަރޭޝަންތައް ރާއްޖޭގައި ހުއްޓާލަން ނިންމާފައިވާތީ، އޭޑީކޭއިން އެ ބޭންކަށް ދައްކަންޖެހޭ ފައިސާ ހަމަޖެއްސުމަށް އުނދަގޫތަކެއް ކުރިމަތިވަމުންދާތީ އެވެ. އާސަންދައިން ލިބެންޖެހޭ ފައިސާ ލަސްވުމުން އޭޑީކޭގެ ސަޕްލައި ކުރާ ފަރާތްތަކަށް ފައިސާ ދިނުމާއި މުއައްޒަފުންގެ މުސާރަ ދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ އޮޕަރޭޝަނަށް އަސަރުކޮށްފައިވާއިރު، ފައިސާ ނުދެއްކި ހުރި ސަޕްލައިއަރުންގެ ތެރޭގައި ފުރާނަ ސަލާމަތްކުރާ މުހިންމު ބޭސްތައް ފޯރުކޮށްދޭ ފަރާތްތައް ވެސް ހިމެނޭކަމަށް ވެސް ނާޝިދު ވިދާލުވިއެވެ.

ނާޝީދު އިންޒާރު ދެއްވީ މައްސަލަ ހައްލު ނުކުރެވިއްޖެ ނަމަ އޭޑީކޭގެ ކްރިޓިކަލް ހިދުމަތްތައް ހުއްޓާލަން މަޖުބޫރުވެ، ރާޢްޖޭގެ މުޅި ސިއްހީ ނިޒާމަށް އަސަރު ކޮށްފާނެ ކަމަށެވެ. އޭނާ ވަނީ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ކުރާ ހަގީގީ ހަރަދު ދައްކުވައިދޭ މިންވަރަށް މަހުން މަހަށް ދައްކަން ޖެހޭ ފައިސާ އިތުރު ކުރުމަށް ސަރުކާރަށް އިލްތިމާސް ކުރައްވާފަ އެވެ.

މާލީ ގޮންޖެހުންތަކަށް އަލިއަޅުވާލުމުގެ އިތުރުން ސިއްހީ ހިދުމަތްތައް އަގުހެޔޮކޮށް ލިބޭނެ ގޮތްތައް ވެސް ނާޝިދު ހުށަހެޅުއްވި އެވެ. އާސަންދަ ނިޒާމުގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށްޓަކައި ސިއްހީ ހިދުމަތްދޭ ފަރާތްތަކަށް މާލީ ގޮތުން ކުރިމަތިވާ ދަތިތަކުގެ އަސްލު ސަބަބުތައް ހައްލުކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މާލީ ދަތިކަމުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާއި، ހާއްސަކޮށް އާސަންދަ ސްކީމްގެ މިހާރު އާސަންދަ ކުރިއަށް ގެންދާގޮތުން ދެމެހެއްޓެނެވިގޮތެއްގައި ކުރިޔަށް ގެންދެވިދާނެ ކަމަކަށް ނުބެލެވެއެވެ. މި ފަދަ ހާލަތެއްގައި ސަރުކާރުން މިކަންކަން ހައްލުކުރަން އަޅާ ފިޔަވަޅުތަކަކީ ރާއްޖޭގެ ސިއްހީ ދާއިރާގެ މުސްތަގުބަލު ކަނޑައެޅުމުގައި ވަރަށް މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.