މިލިއުން ޝެއަރ ކުރައްވާ

ލުއިދެވޭނީ ރައީސްގެ ހުއްދައާ އެކު

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބީއެމްއެލްގެ 1000 ޑޮލަރު ލިބޭ ޕްރޮމޯޝަން

އިންކަމް ޓެކްސްއިން ލިބުނު އާމްދަނީއަށް ބޮޑު ކުރިއެރުމެއް

ބާޒާރުގައި ހުރި ކާބޯތަކެތި އާ ގަވާއިދަށް ފެއްތުމަށް އެމްއެފްޑީއޭ އިން މުހުލަތެއް ދީފި

ނިޒާމު ސާފުކުރުމުގެ ބާރު އޮތީ ސިވިލް ސާވަންޓުންގެ އަތްމަތީގައި

ދައުލަތުގެ މާލީ މުއާމަލާތްތަކުގައި ލުއި ދިނުމާ ބެހޭ އާ އުސޫލުތަކަކާއެކު، ހާއްސަ ގަވާއިދެއް ފިނޭންސް އިން އާންމުކޮށްފި އެވެ.

“ދައުލަތުގެ އޮފީސްތަކާއެކު އެކި ފަރާތްތަކުން ކޮށްފައިވާ މުލާތްތަކާ ގުޅިގެން ލުއިދިނުމާއ، މަންފާ ހޯދައި ދިނުމާއި ފައިސާ މައާފުކޮށް ދިނުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ގޮތުގެ އުސޫލު” ގެ ނަމުގައި އާންމު ކުރި ގަވާއިދުގައި ބުނީ، ދައުލަތުގެ އޮފީސްތަކުންނާއި ކައުންސިލުތަކުން ހިންގާ މުއާމަލާތްތަކާ ގުޅިގެން އެއްވެސް ލުޔެއް ނުވަތަ މަންފާއެއް އެއްވެސް މީހަކަށް ދެވޭނީ އެ ގަވާއިދުގެ ދަށުން ކަމަށެވެ.

މިގަވާޢިދުން އިސްތިސްނާކުރެވޭނީ ލޯކަސް ކައުންސިްލތައް އެކަންޏެވެ.

ލުއި ދިނުމަށް ނުވަތަ މަންފާ ހޯދައިދިނުމަށް ނުވަތަ މައާފު ކޮށްދިނުމަށް ބޭނުންވާ މުއާމަލާތުގެ މައްސަލައިގެ ފުރިހަމަ ތަފުސީލާއި ވަކި ޝަރުތުތަކަކާ އެކު ލުޔެއް ދިނުމަށް އެދި ހުށަހަޅާ ނަމަ އޭގެ ތަފްސީލާއެކު ހުށަހަޅަން ޖެހޭނެ ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.

ކައުންސިލްތަކުން އެފަދަ ގޮތަކަށް މާލީ ކަމެއްގައި ލުޔެއް ދެވޭނީ މާލީ ގޮތުން ލިބޭ ގެއްލުން ބަލައި، އެސެސް ކުރުމަށްފަހު އެ ކައުންސިލުންނެވެ. އެފަދަ ނިންމުމެއް ނިންމާތާ ހަތް ދުވަހުގެ ތެރޭގައި އެކަން ލޯކަލް ގަވަނަންސް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ. އަދި އެކަމުގެ ރެކޯޑުތައް އެ މިނިސްޓްރީގައި ބަލަހައްޓަން ވާނެ ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ.