މިލިއުން ޝެއަރ ކުރައްވާ

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓު ކުރަން އިންޑިއާގައި ކާނިވަލެއް ބާއްވައިފި

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

1111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111

“މޯލްޑިވްސް މަހޮޓްސަވ މަހޮޓްސަވް” ގެ ނަމުގައި މި ކާނިވަލެެއް އިންޑިއާގައި ބާއްވައިފިއެވެ، މިކާނިވަލަކީ އިންޑިއާގެ ޕިކްޔުއާޓްރެއިލް އާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގުޅިގެން ދިވެހި ރާއްޖޭގެ ޓުރިޒަމް ކުރިއަރުވަން ބޭއްވި ކާނިވަލެކެވެ.

މިކާޏިވާ ހުޅުވައިދެއްވީ އިންޑިއާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު، އައިޝަތު އަޒީމާއެވެ.

އެމްއެމްޕީއާރުސީން މަޢުލޫމާތު ދެއްވިގޮތުގައި، މި ކާނިވަލުގައި ރާއްޖޭގެ 17 ރިސޯޓެއްގެ ބޫތުތައް ބަހައްޓާފައި ހުރިއެވެ. މި ބޫތުތަކަށް ޒިޔާރަތްކުރި ފަރާތްތަކަށް ރާއްޖެއިން ލިބޭ ޚިދުމަތްތަކާއި ރާއްޖޭގެ ރީތިކަން ބަލައިލުމުގެ ފުރުސަތު ދީފައިވެއެވެ. އަދި ރާއްޖެއާ ގުޅުންހުރި ތަފާތު އެކި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ކާނިވަލަށް ޒިޔާރަތްކުރި ފަރާތްތަކަށް ލިބިދީފައިވެއެވެ.

އިންޑިއާގެ އެންމެ ބޮޑު އެއް އޮންލައިން ޓްރެވެލް ކުންފުނި ކަމުގައިވާ ޕިކްޔުއާޓްރެއިލްއިން އިންތިޒާމުކޮށްގެން ބޭއްވި މި ކާނިވަލުގެ މައިގަނޑު އަމާޒަކީ އިންޑިއާގެ އުތުރުގެ ސަރަހައްދުތަކުގެ ކައިވެނި މޫސުމުގައި ރާއްޖެއަށް ޒިޔާރަތްކޮށް ހަނީމޫން ހެދުމުގެ އިތުރުން ރާއްޖޭގައި ކައިވެނި ހަފުލާތައް ބޭއްވުމަށް ހުރި ފުރުސަތުތައް ދައްކައިލުމެވެ.

އެމްއެމްޕީއާރުސީން ފާހަގަކުރިގޮތުގައި، މިދިޔަ އަހަރުވެސް އިންޑިއާގައި ރާއްޖެ ޕްރޮމޯޓުކުރުމުގެ ހަރަކާތްތަކެއް ހިންގާފައިވެއެވެ. ނަމަވެސް، އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އޭގެ ކުރީގެ އަހަރުތަކާ އަޅާބަލާއިރު މިދިޔަ އަހަރު މަދުވެފައިވެއެވެ.

އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވާން ފެށީ މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ފުރައްސާރަކުރި މައްސަލައާ ގުޅިގެންނެވެ. މި ހާދިސާއާ ގުޅިގެން ދެ ގައުމުގެ ގުޅުމަށް ބުރޫއަރައި، އިންޑިއާގެ ބައެއް ޓްރެވެލް އޭޖެންސީތަކުން ރާއްޖެ ބްލެކްލިސްޓުކުރި ކަމަށްވެސް ވަނީ ރިޕޯޓުކުރެވިފައެވެ.