މިލިއުން ޝެއަރ ކުރައްވާ

މަޓާޓޯ ރީބްރޭންޑް ކޮށްފި

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ފުރަތަމަ ފަސް މަހުގެ ރިސޯޓު ކުލީގެ އާމްދަނީ 20 ޕަސެންޓް ކުރިއަށް

ފޯރިގަދަ ފެށުމެއް: 2026 ގެ ވޯލްޑް ކަޕް ފެށުނުއިރު ރަތް ކާޑުގެ ބޯހިމެނުމަކާއި ސިޔާސީ ނުތަނަވަސްކަން!

ސަބްސްކްރިޕްޝަންގެ ހައްލަކަށް ބީއެމްއެލްއިން އަދިވެސް ބުނަނީ އަމިއްލައަށް ޑޮލަރު ހޯދައިގެން މުއާމަލާތް ކުރުމަށް

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ގެއްލުން 500 މިލިއަން ޑޮލަރަށްވުރެ މައްޗަށް

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ އެނުއަލް ޖެނެރަލް މީޓިން (އޭޖީއެމް) ބާއްވައި، މިރޭ އެ އެސޯސިއޭޝަން ރީބްރޭންޑް ކޮށްފިއެވެ.

މެންހަޓަން ބިޒްނަސް ހޮޓެލްގައި މިރޭ ބޭއްވި ޖަލްސާގައި މަޓާޓޯއިން ވަނީ މަޓާޓޯގެ އާ ބޯޑު މެމްބަރުން އައްޔަންކޮށް ލޯގޯ ރީބްރޭންޑް ކޮށްފައެވެ.

މި ޙަފްލާ ޝަރަފުވެރިކޮށްދެއްވީ ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލެވެ. ފައިސަލްވަނީ އެ އެސޯސިއޭޝަނުގެ އައު ވެބްސައިޓް އިފްތިތާހު ކޮށްދެއްވައިފައެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން މަޓާޓޯގެ ރައީސް އަދި މިވަގުތު އެމްއެމްޕީއާރުސީގެ ޗެއާޕާސަން އަބްދުﷲ ގިޔާސް ވިދާޅުވީ މިއަހަރަކީ މަޓާޓޯއަށް ޚާއްސަ އަހަރެއްކަމަށެވެ.

އެގޮތުން މި އަހަރަކީ މަޓާޓޯއަށް 18 އަހަރު ފުރޭ އަހަރު ކަމަށް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

މިރޭ ބޭއްވުނު ހަފްލާގައި ވަނީ ބޯޑު މެމްބަރުން އައްޔަންކުރުމުގެ އިތުރުން އެކި ގޮތްގޮތުން މަޓާޓޯއަށް ޚިދުމަތްކޮށްދީފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް އެ ފަރާތްތަކަށް ހަނދާނީ ފިލާ ވެސް އަރުވާފައެވެ.

އެގޮތުން ނިމިދިޔަ 2024 ވަނަ އަހަރު އެންމެ ރަނގަޅަށް މަޓާޓޯގެ ޚަބަރުތައް ކަވަރުކޮށްދިން މީޑިއާއަކަށް ސަން ސިޔާމް މީޑިއާވަނީ ހޮވިފައެވެ.

މަޓާޓޯ އަކީ 2006 ވަނަ އަހަރު އެއްބައިވަންތަކަމާއި، ބާރުވެރިކަމާއި އަދި އެއްބާރުލުމުގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ޓަކައި އުފެއްދި ޖަމިއްޔާއެކެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިނާޢަތް ތަމްސީލުކުރާ މަޓާޓޯއަކީ ބައިނަލްއަގްވާމީ ގޮތުން ވެސް ބަލައިގަނެވިފައިވާ ޖަމިއްޔާއެކެވެ.