މިލިއުން ޝެއަރ ކުރައްވާ

ޑިވެލޮޕްމަންޓު ބޭންކުގެ މަސައްކަތް ދަނީ ކުރިއަށް – މިނިސްޓަރ ސަޢީދު

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ކްރޫޒް ލައިނާތަކުން އައި ޓޫރިސްޓުންގެ އަދަދު ދެ ގުނަ މައްޗަށް

ދިވެހި ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެއްދި ޑިވެލޮޕްމަންޓް ބޭންކް ގެ މަސައްކަތްތައްދަނީ ޝެޑިއުލާއެއްގޮތަށް ކަމަށް އިކޮނޮމިކް މިނިސްޓަރ ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ ޑިވެލޮޕްމަންޓް ބޭންކްގެ ޚިދުމަތާ ހަމައަށް ދިއުމަށް މަސައްކަތްކުރަނީ ތިން މަރުޙަލާއަކަށް ބަހާލެވިގެން ކަމަށެވެ. އެގޮތުން މިހާރޔު ކުރިއަށްދަނީ އިދާރީ އޮނގަނޑު އެކުލަވާލުން ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

ޑީބީއެމް ގެ ވިޔަފާރި މޮޑެލްގައި އިސްކަންދެނީ ބޮޑެތި އިންވެސްޓަރުންަށާއި ޢުމްރާނީ މަޝްރޫޢުތަކަށް ކަމުގައެވެ. އަދި ފަހުގެ މަރުޙަލާއެއްގައި ރީޓެއިލް ބޭންކިންގ ވެސް ފެށުމަށް ރާވަފައިވެއެވެ.

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ހުސްވި އަހަރުގެ މޭމަހުގެ 16 ވަނަ ދުވަހުއުފައްދާފައވާ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އެކުލެވިގެންވާ ދިވެހި ކުންފުންޏެކެވެ. މިކުންފުންޏަށް ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ހިންގަން ބޭނުންވާ ލައިސެންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރީ އޮކްޓޯބަރު 13، 2024 ގައެވެ.

މިއީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގްތިސޯދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމުގެ އިތުރުން އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމުގެ އިތުރުން ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ރައީސް އުފެއްދެވި ކުންފުންޏެކެވެ.