މިލިއުން ޝެއަރ ކުރައްވާ

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫގެ ހާއްސަ އިނާމެއް ހޯދުމުގެ ފުރުސަތު

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ކްރޫޒް ލައިނާތަކުން އައި ޓޫރިސްޓުންގެ އަދަދު ދެ ގުނަ މައްޗަށް

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މެޗުތައް ކުރިއަށް ގެންދާ ދުވަސްތަކުގައި ހުޅުމާލެ ރެހެންދި ޓާފުގައި ހުންނަ އުރީދޫ ޓެންޓުން އުރީދޫގެ ސާވިސްއެއް ބޭނުން ކޮށްގެން ކޮންމެ ހަފްތާއަކު އަގުހުރި އިނާމެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ޕްރޮމޯޝަންގެ ދަށުން އުރީދޫ މޯލްޑިވްސްގެ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، ސުޕަނެޓް ހިދުމަތް އަދި 5ޖީ ޑިވައިސްއެއް ނަގައިގެން ވެސް ލަކީ ޑްރޯ ގައި ބައިވެރިވެވެ އެވެ.

“މެޗުތައް ކުރިއަށް ދާ ކޮންމެ ދުވަހަކު ރެހެންދި ޓާފުގައި ބެހެއްޓިފައިވާ އުރީދޫ ޓެންޓުގައި އުރީދޫ ޓީމުން ކަސްޓްމަރުންނަށް އެހީތެރިވުމަށް ހަރަކާތްތެރިވަމުންދާނެ،” އުރީދޫއިން ބުންޏެވެ.

އެ ޕްރޮމޯޝަންގައި ހިމެނޭ އަގުހުރި އިނާމުތަކުގެ ތެރޭގައި ޓީވީ، ފްރިޖް، ސޯފާ، މައިކްރޯވޭވްތައް ހިމެނެ އެވެ. އަދި އެ ޕްރޮމޯޝަނުގެ ހާއްސަ އިނާމެއްގެ ގޮތުގައި ފިޓްސް އެއާގެ ފަރާތުން ދެމީހަކަށް ކޮލޮމްބޯ ދެކޮޅު ޓިކެޓު ލިބެ އެވެ.

ޕްރޮމޯޝަން ކުރިއަށްދާނީ ފެބުރުއަރީ 25، ގައި ގޯލްޑަން ފުޓްސަލް ޗެލެންޖު ނިމުމާއި ހަމައަށެވެ.