މިލިއުން ޝެއަރ ކުރައްވާ

ކޮމާޝަލް ފަސް ޖާގައެއް ދޫކުރަނީ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރަމުންދާ 4،000 ފްލެޓްގެ މަޝްރޫޢުގެ ދަށުން، ވިޔަފާރި ބޭނުންތަކަށް ޚާއްޞަކުރެވިފައިވާ 5 ޖާގައެއް ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފިއެވެ.

މިއީ އެފްޑީސީން މި މަޝްރޫޢުގެ ދަށުން ވިޔަފާރި ބޭނުންތަކަށް ޖާގަ ދޫކުރުމަށް ހުޅުވާލި ފުރަތަމަ ފަހަރެވެ. ކުރިން އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ 32 ޔުނިޓުގައި ޖުމްލަ 127 ވިޔަފާރި ޖާގަ ހިމެނޭނެއެވެ. މީގެ ތެރޭގައި ކުދި ފިހާރަތަކާއި، ސުޕަމާކެޓްތަކާއި، ހައިޕަމާކެޓްތަކުގެ އިތުރުން ކެފޭތަކާއި، ރެސްޓޯރަންޓްތަކާއި، ކްލިނިކްތަކާއި އަދި އޮފީސްތަކަށް ބޭނުންވާ ޖާގަތައް ހިމެނެއެވެ. އަދި ތަރުކާރީއާއި މޭވާ ވިއްކުމަށް ޚާއްޞަ މާރުކޭޓްތައް ގާއިމުކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ.

މިފަހަރު ހުޅުވާލެވިފައިވާ 5 ޖާގައަކީ ގްރޯސަރީ ފިހާރަތަކާއި ރީޓެއިލް ފިހާރަތަކަށް ޚާއްޞަކުރެވިފައިވާ ޖާގަތަކެކެވެ. މި ފުރުޞަތަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 18 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންވާނެއެވެ.

ހުޅުވާލެވިފައިވާ ޖާގަތަކުގެ ތެރޭގައި އަމާން އުދަރެސް 13 އިން 610 އަކަފޫޓާއި 599 އަކަފޫޓުގެ ދެ ޖާގަ، އަމާން އުދަރެސް 14 އިން 1،896 އަކަފޫޓާއި، 161 އަކަފޫޓާއި އަދި 6،788 އަކަފޫޓުގެ ތިން ޖާގަ، އަދި އުދަރެސް 16 އިން 1،896 އަކަފޫޓާއި 161 އަކަފޫޓުގެ ދެ ޖާގަ ހިމެނެއެވެ.

މި ފުރުޞަތު އަމާޒުކުރެވިފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަމަށާއި، އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް އެފްޑީސީން ބުނެފައިވެއެވެ.

4،000 ފްލެޓްގެ މަޝްރޫޢުގެ 32 ޓަވަރުގެ ކޮންމެ ޓަވަރެއްގެ ބިންމަތީ ފަންގިފިލާގެ ބައެއް އަދި ފުރަތަމަ ފަންގިފިލާ ވަނީ ވިޔަފާރި ބޭނުންތަކަށް ޚާއްޞަކުރެވިފައެވެ. މި ޖާގަތައް ތަރައްޤީކުރުމުގެ މައިގަނޑު މަޤްޞަދަކީ، ޓަވަރުތަކުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އަސާސީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމެވެ. އެފްޑީސީގެ އަންދާޒާގައި، މި ސަރަޙައްދުގައި މީހުން ދިރިއުޅެން ފެށުމުން ގާތްގަނޑަކަށް 30،000 މީހުން އެ ފްލެޓްތަކުގައި ދިރިއުޅޭނެއެވެ.