މިލިއުން ޝެއަރ ކުރައްވާ

މުހިންމު ދެ އެވޯޑެއް އެމްޕީއެލްއަށް ލިބިއްޖެ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ކްރޫޒް ލައިނާތަކުން އައި ޓޫރިސްޓުންގެ އަދަދު ދެ ގުނަ މައްޗަށް

“ސައުތު އޭޝިއަން ބިޒްނަސް އެކްސެލެންސް އެވޯޑްސް 2024” ގެ މުހިންމު ދެ އެވޯޑެއް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އަށް ލިބިއްޖެއެވެ.

އިންޑިޔާގެ ނިއު ދިއްލީގައި މި މަހުގެ 20 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި އެވޯޑު ހަފްލާގައި އެމްޕީއެލް އަށް ލިބިފައިވަނީ “އިނޮވޭޓިވް ލާނިން އެންޑް އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް ޕްރެކްޓިސް” އެވޯޑާއި “އިނޮވޭޓިވް ބިޒްނަސް ޓްރާންސްފޯމޭޝަން” އެވޯޑެވެ.

އެމްޕީއެލް އިން ބުނީ އެ ކުންފުންޏަށް މި އެވޯޑު ލިބިފައި ވަނީ ދެކުނު އޭޝިއާ ސަރަހައްދުގެ ހަތް ގައުމަކަށް ނިސްބަތްވާ ކުންފުނިތަކާއި ވާދަކޮށްގެން ކަމަށެވެ. ދެކުނު އޭޝިއާގެ ވާދަވެރިކަން ބޮޑު ވިޔަފާރީގެ މާކެޓެއްގައި ވިޔަފާރި ފުޅާކުރުމާއ،ި ތަރައްގީކުރުމާ، ޒަމާނީކުރުމަށް ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ ފަނޑިޔާރުންގެ ޕެނަލްއަކުން ކުންފުނިތަކުގެ ޕާފޯމަންސް އިވެލުއޭޓް ކުރުމަށްފަހު ދޭ މި އެވޯޑު އެމްޕީއެލްއަށް ލިބުމަކީ ބޮޑު ފަހުރެއްކަމުގައި އެ ކުންފުނިން ވަނީ ބުނެފައެވެ.

އިތުރަށް އެމްޕީއެލް އިން ބުނީ އެ ކުންފުންޏަށް އިނޮވޭޓިވް ލާނިން އެންޑް އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް އެވޯޑް ލިބުނީ މުވައްޒަފުންނަށް ތައުލީމާ ތަމްރީނުތައް ދިނުމަށް ކުރަމުންދާ ތަފާތު ގިނަގުނަ މަސައްކަތްތައް ފާހަގަކޮށް ކަމަށެވެ. އޭގެތެރޭގައި މުވައްޒަފުންނަށް ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ތަނަވަސްކުރުމަށް އެ ކުންފުނިން ގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް މެދުވެރިކޮށް ކޮންމެ އަހަރަކުވެސް ގިނަ ކޯސްތަކާއި ތަމްރީނުތައް ހިންގުމާއި އަދި އެޕްރެންޓިސް ޕްރޮގްރާމްތަކާއި އިންޓާންޝިޕް ޕްރޮގްރާމްތައްވެސް ހިންގުން ހިމެނޭކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން “އިނޮވޭޓިވް ބިޒްނަސް ޓްރާންސްފޮމޭޝަން” އެވޯޑް އެކުންފުންޏަށް ލިބުނީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ވިޔަފާރި ފުޅާކުރުމާއި އާމްދަނީ އިތުރުކުރުމަށް ކުންފުނިން ކޮށްފައިވާ ގިނަ މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުންކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ރާއްޖޭގައި މުޅިން އާ ދާއިރާއެއްގެ ގޮތުގައި ސީޓުއެއާ ކާގޯގެ ހިދުމަތާއި އުތުރު މެރިޓައިމް ސަރވިސަސް (ޔޫއެމްއެސް) ގެ ހިދުމަތް ތައާރަފްކުރުން ހިމެނެއެވެ.