މިލިއުން ޝެއަރ ކުރައްވާ

ޖާހުއަށް ފަހު ފުރުސަތު

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަޙައްދުގައި “ދަ ގާޑަންސް” ނަމުގައި އެޕާޓްމަންޓް އިމާރާތްކުރުމުގެ މަޝްރޫޢު ހަވާލުކޮށްފައިވާ ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް، މަސައްކަތް ނިންމުމަށް އެންމެ ފަހުގެ މުއްދަތެއް ދިނުމަށްފަހު، އެ މުއްދަތުގައި މަސައްކަތް ނުނިމިއްޖެނަމަ އެއްބަސްވުން ބާޠިލުކުރާނެކަމުގެ ނޯޓިސް ދީފިއެވެ.

މި މަޝްރޫޢު ޖާހުއާ ހަވާލުކުރެވުނީ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި، 2017 ވަނަ އަހަރުއެވެ. މަސައްކަތް ނިންމުން ލަސްވަމުންދާތީ، މަޝްރޫޢު ހަވާލުކުރި ފަރާތްކަމުގައިވާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ މަސައްކަތް ނިންމުމަށް އެކި ފަހަރުމަތިން ޖާހުއަށް އިތުރު ފުރުޞަތުތަކެއް ދީފައެވެ. ނަމަވެސް، އޭގެ އެއްވެސް ފުރުޞަތެއްގައި މަސައްކަތް ނިންމާލެވިފައެއް ނުވެއެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، “މިހާތަނަށް ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެ މަޝްރޫޢު ނިންމާފައި ނުވުމުގެ ސަބަބުން، މި ކުންފުންޏާއި ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުން ބާޠިލުކުރުމުގެ އެންމެ ފަހު މަރުޙަލާގެ ދަށުން ދެވޭ ޤާނޫނީ ނޯޓިސް ދިނުމަށް، މި ކުންފުނީގެ ބޯޑުން ނިންމައި، އެ ނޯޓިސް ވަނީ 27 ޖަނަވަރީ 2023 ގައި ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ފޮނުވިފައެވެ.”

އެޗްޑީސީން އިތުރަށް ހާމަކުރި ގޮތުގައި، މިއަދު ދެވުނު ނޯޓިސްގައި ބަޔާންކޮށްފައިވާ 45 ދުވަހުގެ މުއްދަތުގެ ތެރޭގައި މަސައްކަތްތައް ނުނިމިއްޖެނަމަ، އެއްބަސްވުން ބާޠިލުކޮށް އެ މަސައްކަތް ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ އަތުން ވަކިކުރެވޭނެއެވެ.

މި ފިޔަވަޅު އަޅާފައިވަނީ ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް، ވީ އެންމެ އަވަސް މުއްދަތެއްގައި، އެޕާޓްމަންޓްތައް ހަވާލުކުރެވޭނެ މަގު ތަނަވަސްކުރުމުގެ މަޤްޞަދުގައި ކަމަށްވެސް އެޗްޑީސީން ފާހަގަކޮށްފައިވެއެވެ.