މިލިއުން ޝެއަރ ކުރައްވާ

ފުޅިއާއި ހަމަށް އެފްއެސްއެމުން ތެޔޮ އަޅައިދޭ އުސޫލަށް ބަދަލެއް

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ކްރޫޒް ލައިނާތަކުން އައި ޓޫރިސްޓުންގެ އަދަދު ދެ ގުނަ މައްޗަށް

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން މާލެ އަދި ހުޅުމާލޭގައި ހިންގާ ޕެޓްރޯލް ޝެޑުތަކުން ފުޅިއާއި ހަމަށް ތެޔޮ އަޅައިދޭ އުސޫލަށް އިއްޔެ ބަދަލު ގެނެސްފިއެވެ.

އެފްއެސްއެމްއިން އިއްޔެ ނެރުނު ނޯޓިހުގައި ބަޔާންކޮށްފައިވާ ގޮތުގައި، އަންނަ ހޮނިހިރު ދުވަހުން ފެށިގެން މާލެ އަދި ހުޅުމާލޭގައި ހިންގާ ޝެޑުތަކުން ފުޅިއާއި ހަމަށް ތެޔޮ އަޅައިދޭ އުސޫލަށް ބަދަލު ގެނައުމަށް ނިންމާފައިވެއެވެ.

މި އައު އުސޫލުގެ ދަށުން، ކޮންމެ ކަސްޓަމަރަކަށް ދުވާލަކު ފުޅިއަކަށް ތިން ލީޓަރުގެ މިންވަރަށް ތެޔޮ ދޫކުރެވޭނެއެވެ. ކުރިއެކޭ އެއްފަދައިން، ފުޅިއަށް ތެޔޮ އަޅައިދެވޭނީ ކަސްޓަމަރުގެ އައިޑީ ކާޑު ހުށަހެޅުމުންނެވެ. އަދި ހަމަށް ތެޔޮ ދޫކުރެވޭނީ ޑިންގީ ނުވަތަ ލޯންޗުގެ ރަޖިސްޓްރީއަށް ބަލައި، ދުވާލަކު ގިނަވެގެން 80 ލީޓަރުގެ މިންވަރަށެވެ.

އެފްއެސްއެމްއިން މި ބަދަލުތައް ގެނައުމަށް ނިންމާފައިވަނީ ސަލާމަތީ މިންގަނޑުތަކަށް ރިޢާޔަތްކޮށް، އަދި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ.

އިތުރު މަޢުލޫމާތެއްގެ ގޮތުން، މިދިޔަ މެއި މަހު އެސްޓީއޯއިން ވަނީ ޑީސަލް ލީޓަރަކުން 70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި އަގު ކުޑަކޮށްފައެވެ. މިހާރު އެފްއެސްއެމްގެ ޝެޑުތަކުން ޕެޓްރޯލް ލީޓަރެއް ވިއްކަނީ 13.98 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް 13.92 ރުފިޔާއަށެވެ.