މިލިއުން ޝެއަރ ކުރައްވާ

ހަބީބް ބޭންކް , ސީބީއެމް, ދިރާގު ފިންޓެކް ފަވަރައަށް.

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތަޢާރަފުކޮށްފައިވާ އޮންލައިން ފައިސާ މުޢާމަލާތްކުރުމުގެ ނިޒާމު، ފަވަރައިގެ ޚިދުމަތް ފޯރުކޮށްދިނުމަށް އިތުރު ތިން ފަރާތަކުން މިއަދު ބައިވެރިވެއްޖެއެވެ.

އެމްއެމްއޭ އިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފަވަރަގެ ޚިދުމަތް އަލަށް ފޯރުކޮށްދޭން ފަށާފައިވާ ފަރާތްތަކަކީ ހަބީބް ބޭންކް ލިމިޓެޑް (އެޗްބީއެލް)، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ސީބީއެމް) އަދި ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑް (ދިރާގު ފިންޓެކް) އެވެ. މީގެ ތެރެއިން ދިރާގު ފިންޓެކްއަކީ ބޭންކު ނޫން ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުގެ ތެރެއިން ފަވަރައާ ގުޅުނު ފުރަތަމަ ފަރާތްކަން އެމްއެމްއޭ އިން ފާހަގަކޮށްފައިވެއެވެ.

އެމްއެމްއޭ އިން އިތުރަށް ހާމަކުރި ގޮތުގައި، މި ތިން ފަރާތުންވެސް ވަނީ ފަވަރައާ ގުޅުމަށް ބޭނުންވާ އެންމެހައި ތައްޔާރީތައް ފުރިހަމަކޮށް، ޕައިލަޓް ޓެސްޓިންގ މަރުޙަލާވެސް ނިންމާފައެވެ. މިގޮތުން، ފަވަރަ ނިޒާމާ ގުޅުމާއެކު މި ތިން ފަރާތުގެ ޚިދުމަތް ބޭނުންކުރާ އެންމެހައި ކަސްޓަމަރުންނަށް ފަވަރަ ޓްރާންސްފަރ، ފަވަރަ ރިކުއެސްޓް، ފަވަރަ އައިޑީ އަދި ފަވަރަ ރީކޯލް ހިމެނޭގޮތަށް ފަވަރަގެ ހުރިހާ ޚިދުމަތްތަކެއް މިއަދުން ފެށިގެން ލިބެން ފަށާނެއެވެ.

ފަވަރައާ އަލަށް ގުޅުނު އެޗްބީއެލް އާއި ސީބީއެމް އާއެކު، ދިވެހިރާއްޖޭގައި ބޭންކިންގ ޚިދުމަތް ދެމުންދާ އެންމެހައި ބޭންކުތައް މިހާރު ވަނީ މި ނިޒާމުގައި ބައިވެރިވެފައެވެ. މިކަމުގެ ސަބަބުން، އެއް ބޭންކުން އަނެއް ބޭންކަށް ކުރާ މުޢާމަލާތްތައް ފަސޭހަކަމާއެކު ވަގުތުން ކުރެވޭނެކަމަށް އެމްއެމްއޭ އިން ބަޔާންކޮށްފައިވެއެވެ.

ފަވަރައިގައި ބައިވެރިވެފައިވާ ބޭންކުތަކުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)، މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އަދި ބޭންކް އޮފް ސިލޯން (ބީއޯސީ) ހިމެނެއެވެ. މީގެ އިތުރުން، އެހެނިހެން ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުންވެސް ފަވަރައާ ގުޅުމުގެ މަސައްކަތް ކުރަމުންދާކަން އެމްއެމްއޭ އިން ފާހަގަކޮށްފައިވެއެވެ.

ފަވަރައަކީ ފަސޭހަ، އަވަސް އަދި ރައްކާތެރި ޕޭމަންޓް ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން އެމްއެމްއޭ އިން 26 އޮގަސްޓު 2023 ގައި ތަޢާރަފުކުޢާރަފުކުރި ނިޒާމެކެވެ. މި ނިޒާމެކެވެ. މި ނިޒާމުގެ ބައިވެރިން މެދުވެރިކޮށް، ކޮންމެ ބޭންކެއްގައި ނުވަތަ ޕޭމަންޓް ޚިދުމަތްދޭ ކޮންމެ ފަރާތެއްގައި އެކައުންޓް ނުވަތަ ވޮލެޓެއް އޮތްކަމުގައި ވިޔަސް، ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް ވަގުތުން ވަގުތަށް ފައިސާގެ މުޢާމައިސާގެ މުޢާމަލާތްތައް ހިންގުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މި ނިޒާމުގެ ސަބަބުން، ޤައުމުގެ މާލީ ވިއުގަ އިތުރަށް ހަރުދަނާވެ، ފައިސާގެ މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރުމުގެ ފުރުޞަތު އާންމުންނަށް ލިބިގެންދާނެއެވެ. އަދި މިއީ ޑިޖިޓަލް ޕޭމަންޓް ނިޒާމުތަކަށް އާންމުން އަހުލުވެރިވުމަށާއި، ކޭޝްލެސް އިކޮނޮމީއަކަށް ޤައުމު ހިޖުރަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެވެއެވެ.

ފަވަރަ ނިޒާމުގެ ތަރައްޤީއާއެކު، އިތުރު ބޭންކުތަކާއި ޕޭމަންޓް ޚިދުމަތްދޭ ފަރާތްތައް މި ނިޒާމާ ގުޅުމަކީ އެކަށީގެންވާ ކަމެކެވެ. މިކަމުގެ ސަބަބުން، ފައިސާގެ މުޢާމަލާތްތައް އިތުރަށް ފަސޭހަވެ، ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް ލުއިފަސޭހަކަން ލިބިގެންދާނެއެވެ. އަދި މިއީ ޤައުމުގެ އިޤްތިޞާދީ ދުވެލި އަވަސްވެ، މާލީ ޚިދުމަތްތަކުގެ ފެންވަރު މަތިވެގެންދިއުމަށް މަގުފަހިވެގެންދާނެ ކަމެއްކަން ފާހަގަކުރެވެއެވެ.