މިލިއުން ޝެއަރ ކުރައްވާ

އެސްޓީއޯގެ ރޯދަ ސޭލް ފަށައިފި

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ކްރޫޒް ލައިނާތަކުން އައި ޓޫރިސްޓުންގެ އަދަދު ދެ ގުނަ މައްޗަށް

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ބާއްވަމުން އަންނަ “ރޯދަ ސޭލް” ޕްރޮމޯޝަން، މިއަހަރުވެސް ފަށައިފިއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން މާރިޗު 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއަހަރުގެ ރޯދަ ސޭލް ރަސްމީކޮށް ފައްޓަވައިދެއްވީ އެސްޓީއޯގެ ޑިރެކްޓަރ އޮފް ކޮންސްޓްރަކްޝަން ސޮލިއުޝަންސް މުޙައްމަދު އީމާން އަދި ވެލިގާ ހާޑްވެއަރގެ ޑިރެކްޓަރު ޒައިދު މުޙައްމަދެވެ.

މި ޕްރޮމޯޝަންގައި ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑްގެ އުފެއްދުންތަކަށް ޚާއްޞަ ޑިސްކައުންޓެއް ދެއެވެ. އެގޮތުން ނިޕޯން ޕެއިންޓުން 20 އިންސައްތައިގެ އަދި މަކިޓާގެ އުފެއްދުންތަކުން 50 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެއެވެ. މީގެ އިތުރުން، މި ޕްރޮމޯޝަންގައި ކުރާ ކޮންމެ 500 ރުފިޔާގެ ގަނެވިއްކުމަކަށް ކޫޕަނެއް ލިބޭނެއެވެ.

މިއަހަރުގެ ޕްރޮމޯޝަންގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ އެސްޓީއޯއާއެކު ޕާޓްނަރެއްގެ ގޮތުގައި ނިޕޯން ޕެއިންޓްގައި ވެލިގާ ބައިވެރިވުމެވެ. އަދި މިއަހަރުގެ މައި އިނާމުގެ ގޮތުގައި ދެލައްކަ ރުފިޔާގެ އަގުހުރި މުދާ ނަސީބުވެރި އެއް ފަރާތަކަށް ލިބިދެވޭނެއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ އައުޓްލެޓްތަކުގެ އިތުރުން ވެލިގާ ހާޑްވެއަރގެ އައުޓްލެޓްތަކުގައެވެ. އަދި އެސްޓީއޯގެ ސަރަޙައްދީ އައުޓްލެޓްތަކުގައިވެސް މި ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށް އެސްޓީއޯއިން މަޢުލޫމާތު ދީފައިވެއެވެ.