މިލިއުން ޝެއަރ ކުރައްވާ

އިންޝުއަރެންސް ކުންފުނިތަކަށް ބާރު ބޮޑު އަހަރެއް

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ކްރޫޒް ލައިނާތަކުން އައި ޓޫރިސްޓުންގެ އަދަދު ދެ ގުނަ މައްޗަށް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ހާމަވާ ގޮތުގައި، ވޭތުވެދިޔަ އަހަރު ދިވެހިރާއްޖޭގެ އިންޝުއަރެންސް ކުންފުނިތަކުން ދޫކުރި ޕްރިމިއަމްތަކުގެ ޖުމްލަ އަގު 2 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ނިޔަލަށް އިންޝުއަރެންސް ކުންފުނިތަކުން ޖުމްލަ 2.02 ބިލިއަން ރުފިޔާގެ ޕްރިމިއަމް ދޫކޮށްފައިވެއެވެ. މި އަދަދު ކުއާޓަރުތަކަށް ބަހާލެވިފައިވާ ގޮތަކީ:

– ފުރަތަމަ ކުއާޓަރު: 600 މިލިއަން ރުފިޔާ
– ދެވަނަ ކުއާޓަރު: 478.2 މިލިއަން ރުފިޔާ
– ތިންވަނަ ކުއާޓަރު: 445.5 މިލިއަން ރުފިޔާ
– ހަތަރުވަނަ ކުއާޓަރު: 499.3 މިލިއަން ރުފިޔާ

މި މުއްދަތުގައި އިންޝުއަރެންސް ކުންފުނިތަކުން އެންމެ ގިނައިން ދޫކޮށްފައިވަނީ ޞިއްޙީ އިންޝުއަރެންސް ޕްރިމިއަމްތަކެވެ. އެގޮތުން 617.6 މިލިއަން ރުފިޔާގެ ޞިއްޙީ އިންޝުއަރެންސް ޕްރިމިއަމް ދޫކޮށްފައިވާއިރު، ޞިއްޙީ އިންޝުއަރެންސް ކްލެއިމްތަކުގެ ގޮތުގައި 341.8 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އިންޝުއަރެންސް ކުންފުނިތަކުން ޖުމްލަކޮށް ކްލެއިމްތަކުގެ ގޮތުގައި ދޫކޮށްފައިވަނީ 683.8 މިލިއަން ރުފިޔާއެވެ.

އަދި ފާހަގަކޮށްލެވޭ ކަމަކީ، ވޭތުވެދިޔަ އަހަރު އިންޝުއަރެންސް ކުންފުނިތަކަށް 246.5 މިލިއަން ރުފިޔާގެ ފައިދާ ލިބިފައިވާކަމެވެ.