މިލިއުން ޝެއަރ ކުރައްވާ

އެމްއައިބީއަށް 60 ޕަސަންޓުގެ ކުރިއެރުމެއް

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ވޭތުވެދިޔަ އަހަރު ފައިދާގެ ގޮތުގައި 282 މިލިއަން ރުފިޔާ ލިބި، އޭގެ ކުރީ އަހަރާ އަޅާބަލާއިރު ލިބުނު ފައިދާ 60 އިންސައްތަ އިތުރުވެފައިވެއެވެ.

އެމްއައިބީން ހާމަކުރި ގޮތުގައި ވޭތުވެދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ ބޭންކުގެ އެސެޓް ވެލިއު 10 ބިލިއަން ރުފިޔާ ހުރަސްކުރިއިރު، އަހަރު ނިމުނުއިރު 11.4 ބިލިއަން ރުފިޔާގެ އެސެޓް ވެލިއުއަކާ އެކު ބޭންކުން އަހަރު ން އަހަރު ނިންމާލާފައިވެއެވެ.

“ރައްޔިތުންގެ އިތުބާރާއި ބޭންކިންގ ޚިދުމަތްތަކަށް އެމްއައިބީން ގެނެސްދީފައިވާ ލުއިފަސޭހަތަކާ އެކު، 2023 ވަނަ އަހަރަކީ އެމްއައިބީއަށް ވަރަށް ކާމިޔާބު އަހަރެކެވެ. މިގޮތުން ބޭންކުގެ ޚިދުމަތް ފުޅާކޮށް ޒަމާނީކުރެވިފައިވެއެވެ،” އެ ބޭންކުން ބަޔާންކުރިއެވެ.

އެމްއައިބީއަކީ ދިވެހިރާއްޖޭގައި ބޭންކަށް ނުގޮސް ވަގުތުން އެކައުންޓު ހުޅުވުމުގެ ޚިދުމަތް ދޭ ހަމައެކަނި ބޭންކެވެ. އެ ބޭންކުގެ އަމިއްލަ އެކައުންޓުގެ އިތުރުން ކުންފުނި އެކައުންޓު ވެސް ބޭންކަށް ނުގޮސް ހުޅުވޭނެއެވެ.

އެމްއައިބީއަށް ކަސްޓަމަރުންގެ އޮތް އިތުބާރާ އެކު، ވޭތުވެދިޔަ އަހަރު ކަސްޓަމަރުން ޑިޕޮސިޓް ކުރި ފައިސާގެ އަދަދު އިތުރުވެ، އަހަރު ނިމުނުއިރު 9.12 ބިލިއަން ރުފިޔާއަށް އެ ބޭންކުގެ ޑިޕޮސިޓް ބޭސް އިތުރުވެފައިވެއެވެ.

އެމްއައިބީން ފާހަގަކުރި ގޮތުގައި އެ ބޭންކުން ހޯދި ކާމިޔާބީގެ އެންމެ ބޮޑު އެއް ބައިވެރިއަކީ ކަސްޓަމަރުންނެވެ.

އިޖުތިމާޢީ ގޮތުން ވެސް ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެމުންދާއިރު، އެ ބޭންކުގެ ޚިދުމަތަށް ވަނީ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މިންގަނޑުން ވެސް ފާހަގަކުރެވިފައެވެ.

މިގޮތުން އެމްއައިބީން ވޭތުވެދިޔަ ކުއާޓަރުގައި އެކަނި ވެސް ބައިނަލްއަޤްވާމީ ދެ އެވޯޑެއް ހޯދާފައިވެއެވެ. މި ކުރިއެރުންތަކާ އެކު ބޭންކުން މި އަހަރު ވެސް ގިނަ ކަންތައްތަކެއް ކުރަން ރާވާފައިވާ ކަމަށް އެމްއައިބީން ހާމަކޮށްފައިވެއެވެ.