މިލިއުން ޝެއަރ ކުރައްވާ

އެއަރޕޯޓު ޓެކުހުން ލިބުނު އާމްދަނީ މައްޗަށް

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

އުރީދޫ ނޭޝަންގެ އެޓޯލް އީސްޕޯޓްސް ލީގުގައި ބައިވެރިވާން ހުޅުވާލައިފި

މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އެއާޕޯޓް ޓެކުހާއި ފީ އިން މި އަހަރުގެ ޖެނުއަރީ މަހު ލިބުނު އާމްދަނީ އިތުރުވެއްޖެ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖެނުއަރީ މަހު ޑިޕާޗާ ޓެކްސްގެ ގޮތުގައި 7.3 މިލިއަން ޑޮލަރު (113 މިލިއަން ރުފިޔާ) އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) ގެ ގޮތުގައި 7.4 މިލިއަން ޑޮލަރު (115 މިލިއަން ރުފިޔާ) ދައުލަތަށް ލިބުނެވެ.
ފާއިތުވި 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ޑިޗާޕާ ޓެކްސްގެ ގޮތުގައި ލިބުނީ 6.4 މިލިއަން ޑޮލަރު (99 މިލިއަން ރުފިޔާ) އެވެ. އަދި އޭޑީއެފްގެ ގޮތުގައި ލިބުނީ 6.6 މިލިއަން ޑޮލަރު (101 މިލިއަން ރުފިޔާ) އެވެ.
އެއާޕޯޓް ޓެކުހާއި ފީ އިތުރުވި ސަބަބުތަކުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމާއި ޓެކްސް ނަގާ ރޭޓް ބޮޑުކުރުން ހިމެނެ އެވެ.
ޑިޕާޗާ ޓެކުހާޢި އޭޑީއެފް ނަގާ ރޭޓަށް ބަދަލު ގެނައީ މިދިޔަ އަހަރުގެ ޑިސެމްބަރު ފުރަތަމަ ދުވަހުން ފެށިގެންނެވެ.