މިލިއުން ޝެއަރ ކުރައްވާ

ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަނަށް ސައިބަރ އެޓޭކެއް ދީފި

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ކްރޫޒް ލައިނާތަކުން އައި ޓޫރިސްޓުންގެ އަދަދު ދެ ގުނަ މައްޗަށް

ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަނަށް ޑިސްޓްރިބިއުޓެޑް ޑިނައަލް އޮފް ސާވިސް (ޑީޑޮސް) ހަމަލާއެއް ދީފި އެވެ.

ސްޓެލްކޯ އިން ބުނީ މި ހަމަލާ ދީފައިވަނީ ރޯދަ މަހާ ދިމާކޮށް ސަރުކާރުން ހިންގަމުންދާ މަސްދަޅު ބެހުމުގެ ޕްރޮގްރާމަށް އޮންލައިން ޓޯކަން ދޫކުރަން ފެށި ވަގުތާ ދިމާކޮށް ކަމަށެވެ.
“އަޅުގަނޑުމެންގެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަނަށް ބޭރު ގައުމުތަކުން ޑިސްޓްރިބިއުޓެޑް ޑިނައަލް އޮފް ސާވިސް (ޑީޑޮސް) ހަމަލާއެއް ވަނީ އަމާޒުވެފައި” ސްޓެލްކޯ އިން ބުންޏެވެ.
މި ހަމަލާގެ ސަބަބުން ކުޑަ ވަގުތުކޮޅަކަށް ސްޓެލްކޯގެ އެޕްލިކޭޝަންގެ ހިދުމަތް މެދުކެނޑުނެވެ. އެހެންނަމަވެސް މި ހަމަލާތައް ކާމިޔާބުކަމާއެކު ހުއްޓުވައި، އެޕްލިކޭޝަންގެ ހިދުމަތް އަލުން ފޯރުކޮށްދޭން ފަށާފައިވާ ކަމަށްވެސް ސްޓެލްކޯ އިން ބުންޏެވެ.
ހަމަލާއާއި ގުޅިގެން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް ސްޓެލްކޯ އިން ވަނީ މައާފަށް އެދިފަ އެވެ.