މިލިއުން ޝެއަރ ކުރައްވާ

ސްކައިޕް ބަންދުކުރަން ނިންމައިފި

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ކްރޫޒް ލައިނާތަކުން އައި ޓޫރިސްޓުންގެ އަދަދު ދެ ގުނަ މައްޗަށް

އިންޓަނެޓް ބޭނުންކޮށްގެން މުވާސަލާތު ކުރުމަށް ބޭނުންކުރަމުން ދިޔަ އެޕްލިކޭޝަން — ސްކައިޕްގެ ހިދުމަތް ހުއްޓާލުމަށް މައިކްރޯސޮފްޓުން ނިންމައިފި އެވެ.

ދަ ގާޑިއަން ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މައިކްރޯސޮފްޓުން ސްކައިޕް ބަންދުކުރަން ނިންމާފައިވަނީ އެ ކުންފުނީގެ އަމިއްލަ އެޕްލިކޭޝަނެއް ކަމުގައިވާ މައިކްރޯސޮފްޓް ޓީމްސްއަށް އިސްކަން ދިނުމަށްޓަކަ އެވެ.

ސްކައިޕް އެއްކޮށް ހުއްޓާލުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

މައިކްރޯސޮފްޓުގެ ސީއީއޯ ސަތިޔާ ނަދެއްލާ ވިދާޅުވީ ސްކައިޕް އަކީ އެ ކުންފުނީގެ ތާރީހުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރި އެޕްލިކޭޝަނެއް ކަމަށެވެ. ނަމަވެސް ޓެކްނޮލޮޖީ ކުރިއަރަމުންދާ ވަރަކަށް ކަންކަން ބަދަލުވާންޖެހޭތީ އެ ކުންފުނިން މިވަގުތު އިސްކަންދެނީ މައިކްރޯސޮފްޓް ޓީމްސް އިތުރަށް ވަރުގަދަ ކުރަން ކަމަށެވެ.

ސްކައިޕް ބަންދުކުރަން ނިންމުމާ ގުޅިގެން އެތައް ބަޔަކު ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މައިކްރޯސޮފްޓުން ބުނި ގޮތުގައި ސްކައިޕް ބަންދުކުރުމުގެ ކުރިން އޭގެ ބޭނުންކުރާ ފަރާތްތަކަށް އެހެން އެޕްލިކޭޝަންތަކަށް ބަދަލުވުމަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އަދި ސްކައިޕްގެ މުހިއްމު ފީޗާތައް މައިކްރޯސޮފްޓް ޓީމްސްއަށް އިތުރުކުރާނެ ކަމަށްވެސް ބުންޏެވެ.