މިލިއުން ޝެއަރ ކުރައްވާ

ހޯކްސް ޕެޓްރޯލް ސްޓޭޝަނުގައި އެމް-ފައިސާއިން ފައިސާ ދެއްކޭނެ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ކްރޫޒް ލައިނާތަކުން އައި ޓޫރިސްޓުންގެ އަދަދު ދެ ގުނަ މައްޗަށް

އުރީދޫގެ ޑިޖިޓަލް ވޮލެޓް، އެމް-ފައިސާއިން ހޯކްސްގެ ޕެޓްރޯލް ސްޓޭޝަނުގައި ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

އުރީދޫއިން ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހޯކްސް ޕެޓްރޯލް ސްޓޭޝަނުގައި ފައިސާ ދެއްކުމަށް މިހާރު އެމް-ފައިސާ ބޭނުންކުރެވޭނެ ކަމަށެވެ.

އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރަޖިސްޓާވެވޭނެއެވެ.

އެމް-ފައިސާ މެދުވެރިކޮށް ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، މީޑިއާނެޓް ފަދަ ބިލްތަކަށް ވެސް ފައިސާ ދެއްކޭނެއެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުންނަ ކެފޭ، ރެސްޓޯރެންޓް އަދި ފިހާރަތަކުން ވެސް ކަސްޓަމަރުންނަށް އެމް-ފައިސާ މެދުވެރިކޮށް ބިލަށް ފައިސާ ދެއްކޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.