މިލިއުން ޝެއަރ ކުރައްވާ

ފަތުރުވެރިންގެ އަދަދު 500،000 އަށް

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

ދަރަނިތަކަށް 5.1 ބިލިއަން ހޭދަކުރުމާ އެކު، ބަޖެޓުގެ ބެލެންސް 1.3 ބިލިއަން އަރަނިކޮށްފި

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 500،000 އަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އަންގާރަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 500،233 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 478،416 ފަތުރުވެރިންނަށްވުރެ 21،817 ފަތުރުވެރިން އިތުރު އަދަދެކެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ޗައިނާ – 63،478 ފަތުރުވެރިން
  • އިނގިރޭސިވިލާތް – 50،773 ފަތުރުވެރިން
  • ރަޝިއާ – 50،620 ފަތުރުވެރިން
  • އިޓަލީ – 47،566 ފަތުރުވެރިން
  • ޖަރުމަނު – 33،045 ފަތުރުވެރިން
  • އިންޑިއާ – 23،823 ފަތުރުވެރިން
  • ފްރާންސް – 20،824 ފަތުރުވެރިން
  • އެމެރިކާ – 15،344 ފަތުރުވެރިން
  • ޕޮލެންޑް – 11،391 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް – 11،045 ފަތުރުވެރިން

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 69.1 ޕަސެންޓް — 345،495 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓްތަކުގަ އެވެ. ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރީ 25.6 ޕަސެންޓް — 127،954 ފަތުރުވެރިންނެވެ.
ހޮޓާތަކުގައި 14،224 ފަތުރުވެރިން، ސަފާރީ އުޅަނދުތަކުގައި 12،266 ފަތުރުވެރިން އަދި އެހެނިހެން ތަންތަނުގައި 295 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ.
ރާއްޖޭގައި މިވަގުތު ފަތުރުވެރިކަމަށް 175 ރިސޯޓާއި 831 ގެސްޓްހައުސް އާއި 157 ސަފާރީ އުޅަނދު އަދި 15 ހޮޓާ ދަނީ ހިންގަމުންނެވެ.