މިލިއުން ޝެއަރ ކުރައްވާ

ވިޔަފާރިވެރިންނާއި ދަނޑުވެރިންނަށް އާމްދަނީ ވަރަށް ދަށް ރޯދައެއް

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

އެހެން ރޯދަ މަސް މަހާ ޚިލާފަށް މި ރޯދަމަހު މާރުކޭޓު ވިޔަފާރިތައް ވަރަށް ބޮޑަށް ދަށްވެެއްޖެއެވެ.

ރޯދަމަހަކީ އާއްމުގޮތެއްގައި، ލޯކަލް މާރުކޭޓުގެ ވިޔަފާރިތަކަށް ވަރަށް ބޮޑަށް ފައިދާވާ އަދި ރަނގަޅު އާމްދަނީއެއް ލިބޭ މަހެކެވެ. ރޯދަވީއްލުމަށް ތައްޔާރުކުރާ އެކި ބާވަތުގެ ފަނިގިރާ ސާމާނާއި، މޭވާއާއި ތަރުކާރިއަށް ޑިމާންޑު އިތުރުވާ މަހެކެވެ. އޭގެ އިތުރުން ވެސް ކާށި، ފިޔާ ފަދަ އެތައް ސާމާނެއް ގަތުމަށް ގިނަ މީހުން މާރުކޭޓު ޚިޔާރުކުރެއެވެ.

ނަމަވެސް މި ރޯދަ މަހު މާރުކޭޓު ވިޔަފާރިތައް ވަރަށް ބޮޑަށް ދަށްވެއްޖެ ކަމަށް ވިޔަފާރިވެރިން މައުލޫމާތުދެއެވެ.

އަމުދުން ރޯދަމަހުގެ ފަހު 10 ބަންދުވުމާއެކު، މިހާރަށް ވުރެ ވެސް ކުރިއަށް އޮތްތަނުގައި ވިޔަފާރި ދަށްވެދާނެ ކަމަށް އޭނާ ވަނީ ލަފާކޮށްފައެވެ.

އާރިފް ބުނި ގޮތުގައި މާރުކޭޓަށް ތަކެތި ލިބުމުގައި އެއްވެސް ދައްޗެއް ނެތެވެ. ދެ ދުވަހުން އެއް ދުވަހު އާ ތަކެތި މާރުކޭޓުގެ ގޮޅިތަކަށް ލިބެއެވެ.

ވިޔަފާރިވެރިންގެ އިތުރުން މި ރޯދަމަހަކީ ދަނޑުވެރިންނަށް ވެސް އާމްދަނީ ވަރަށް ދަށް ރޯދަމަހެކެވެ.

ތޮއްޑޫއަކީ އާންމު ގޮތެއްގައި ކަރައާއި މިރުސް، ރޯދައަށް ތިޔާގި ރަށެކެވެ. އަދި ތޮއްޑޫގެ ކަރައަކީ ވެސް ރާއްޖެއަށް މަޝްހޫރު އެއްޗެކެވެ. ނަމަވެސް މި ރޯދަމަހު، މީގެ ކުރީގެ ރޯދަމަސްތަކާ އަޅާ ބަލާއިރު އެ ރަށުގެ ވިޔަފާރިތައް ވެސް ދަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރޯދަމަހުގެ ފުރަތަމަ 15 ދުވަސް ނިމުނުއިރު ބާޒާރުގައި މޭވާއާއި ތަރުކާރީގެ އަގުތައް އެއްވަރެއްގައި ވަނީ ހިފެހެއްޓިފައެވެ. ރޯދަ މަހު ބާޒާރުގައި ތަކެތީގެ އަގުތައް އުފުލޭނެ ކަމަށް ލަފާކުރެވޭ ކަމަށް މީގެ ކުރިން ވިޔަފާރިވެރިން ބުނި ނަމަވެސް ރޯދަމަސް ފެށުނު އިރުވެސް ބާޒާރުގެ އަގުތަކަށް ބަދަލެއް ނާންނަ ކަމަށް މާރުކޭޓުގައި ތަކެތި ވިއްކާ ވިޔަފާރިވެރީން އޭރު ވަނީ ބުނެފައެވެ.

އެގޮތުން މިހާރު ބާޒާރުގެ އަގުތަކަށް ބަލާއިރު:

  • ލުނބޯ ކިލޯއެއް: 45 އާއި 50 ރުފިޔާއާ ދެމެދު
  • ޗައިނީސް ކިއުކަމްބާ ކިލޯއެއް: 45 ރުފިޔާއަށް
  • ކަރާ ކިލޯއެއް: 20 ރުފިޔާއަށް
  • ޓޮމާޓޯ ކިލޯއެއް: 30 ރުފިޔާއަށް
  • ދިވެހި މިރުސް ކިލޯއެއް: 100 ރުފިޔާއަށް
  • އަލުވި ކިލޯއެއް: 20 ރުފިޔާއާ ދެމެދު
  • ފިޔާ ކިލޯއެއް: 14އާއި 16 ރުފިޔާއާ ދެމެދުގައި
  • ތޮޅި މިރުސް ކިލޯއެއް: 175 ރުފިޔާއަށް
  • ތޮރާ ކިލޯއެއް: 35 ރުފިޔާއަށް
  • ޕެޝަން ފްރުޓް: 130 ރުފިޔާއަށް
  • ކުރުނބާ: 20، 25 ރުފިޔާއަށް
  • ކޮޕީ ފަތް ބޮނޑިއެއް: 10 ރުފިޔާއަށް
  • ހިކަނދި ފަތް ބޮނޑިއެއް: 10 ރުފިޔާއަށް

ފާއިތުވި 15 ދުވަހުގެ ތެރޭގައި ބައެއް ތަކެތީގެ އަގުތައް އުފުލި، ވެއްޓިފައި ވެސްވެއެވެ. އެގޮތުން މާލޭގެ ބާޒާރުގައި ކާށީގެ އަގު 40 ރުފިޔާއިން މައްޗަށް ގޮސްފައިވަނިކޮށް އެސްޓީއޯއިން ވަނީ ރާއްޖޭން ބޭރުން ކާށީގެ ޝިޕްމެންޓްތައް ގެނެސް ބާޒާރުގައި ވިއްކަން ފަށާފައެވެ.

ވިޔަފާރިވެރިންނަށް ގެނެސްދޭ ކާށީގެ ޝިޕްމަންޓު ކޮންމެ 10ދުވަހަކުން ލިބޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.