މިލިއުން ޝެއަރ ކުރައްވާ

އީދަށް އަވި އައިނު ގަންނަން ރަނުގެ ފުރުސަތެއް!

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ކްރޫޒް ލައިނާތަކުން އައި ޓޫރިސްޓުންގެ އަދަދު ދެ ގުނަ މައްޗަށް

ރަމަޟާން މަހާ ގުޅިގެން އައިކެއާއިން ތައާރަފުކުރި “ނަޔާ ރޯދަ” ޕްރޮމޯޝަންގެ ދަށުން މި އީދަށް ވެސް ޚާއްސަ ޑިސްކައުންޓުތަކެއް ލިބޭނެ ކަމަށް އައިކެއަރ އިން ބުނެފިއެވެ.

ރަމަޟާން މަހާ ގުޅިގެން އައިކެއަރ އިން ވަނީ “ނަޔާ ރޯދަ”އިގެ ނަމުގައި ފްރޭމްތަކާއި އަވިއަނުތަކުން ބޮޑެތި ޑިސްކަތުންޓު ލިބޭ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފައެވެ.

އައިކެއަރ އިން ބުނީ އެ ޕްރޮމޯޝަނުގެ އެންމެ ޚާއްސަ އެއް ކަމަކީ އަވިއައިނު ތަކުން ލިބިގެންދާ ބޮޑެތި ޑިސްކައުންޓުތަކެވެ. އެގޮތުން، އެ ޕްރޮމޯޝަން ދުވަސްވަރުގައި ކޮންމެ ބްރޭންޑެއްގެ ކޮންމެ އަވިއައިނަކުން 30 ޕަސެންޓް ޑިސްކައުންޓް ލިބޭނެއެވެ. އަދި އެއީ އެންމެ ކޮލިޓީ އަދި ބްރޭންޑެޑް އަވި އައިނެއް ގަނެލަން ލިބިގެންދާނެ ރަނުގެ ފުރުސަތެއްކަމަށް އައިކެއަރއިން ބުންޏެވެ.

މީގެ އިތުރުން، ހޮނިހިރު ދުވަހުގައި އިތުރު ޑިސްކައުންޓު ލިބިގެންދާ އޮފާ އެއްވެސް ހިމެނެއެވެ. އައިކެއަރއިން ބުނީ ‘ސަނީ ސަޓަޑޭސް’ ނަމުގައި ކުރިއަށްދާ މި އޮފާގެ ދަށުން ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު 990 ރުފިޔާގެ ޚާއްސަ އަގެއްގައި ސްޓައިލިޝް އަވިއައިނު ލިބިގެންދާނެ ކަމަށެވެ.

އަދި އެ އޮފާގެ ދަށުން ލިބިގެންދާ ބްރޭންޑްތަކުގެ ތެރޭގައި ރިޒާވް، ނޮކްއެރައުންޑް، އާކަޑިއޯ، ސެންޓްރޯ ސްޓައިލް، ސޮލާނޯ، ސުޕަބައިކް އަދި ޓްރާންސްމިޓް ފަދަ ބްރޭންޑްތައް ހިމެނޭ ކަމަށް އައިކެއާއިން ބުންޏެވެ.

މީގެ އިތުރުން ނަންބަރު އައިނެއް ހައްދައިގެން 1500 ރުފިޔާ އާ ހަމަޔަށް ޑިސްކައުންޓް ލިބޭ ކޮމްބޯ އޮފާ އެއްވެސް ހިމެނޭ ކަމަށް އައިކެއަރއިން ބުންޏެވެ. އެ އޮފާއިން ކަސްޓަމަރުންނަށް ނަންބަރު އައިނެއް ހެދުމަށްފަހު ހެޔޮ އަގެއްގައި ޕްރިމިއަން އަވިއައިނެއް ފަސޭހަކަމާއެކު ލިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އައިކެއަރއިން ބުންޏެވެ.

މި ޕްރޮމޯޝަން ނިމޭނީ އެޕްރީލް 6، 2025ގައިއެވެ.