މިލިއުން ޝެއަރ ކުރައްވާ

އެލައިޑުގެ އިފްތާރު ޕެކް ބެހުން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ކްރޫޒް ލައިނާތަކުން އައި ޓޫރިސްޓުންގެ އަދަދު ދެ ގުނަ މައްޗަށް

އެލައިޑް އިންޝުއަރެންސަށް 40 އަހަރު ފުރުން ފާހަގަކުރަމުންދާއިރު މިއަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން އެކުންފުނިން ދަނީ މާލެ ސަރަހައްދުގެ މިސްކިތްތަކުގައި އިފްތާރު ޕެކް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ.

އެގޮތުން މިހާތަނަށް އިފްތާރު ޕެކް ބަހާފައިވަނީ މާލޭގެ ކިންގް ސަލްމާން މިސްކިތް، ދަރުމަވަންތަ ރަސްގެފާނު މިސްކިތް، ވިޔަފާރިވެރިންގެ މިސްކިތް، ޖަލާލުއްދީން މިސްކިތް އަދި ހުޅުމާލޭގެ ހުޅުމާލެ ގްރޭންޑް މިސްކިތާއި، މަސްޖިދު މުހައްމަދު މިސްކިތު ގައެވެ.

އެލައިޑުން މައުލޫމާތު ދޭ ގޮތުގައި ރަމަޟާން މަހުގެ ބާކީ އޮތް ދުވަސްތަކުގައިވެސް މާލެ ސަރަހައްދުގެ އެހެނިހެން މިސްކިތްތަކުގައިވެސް މިހަރަކާތް ކުރިއަށް ގެންދިޔުމަށް އެކުންފުނިން ވަނީ ނިންމާފަ އެވެ. އެގޮތުން ހުކުރު ދުވަހު ހުޅުމާލޭގައި މިހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އުސްމާން ބިން އައްފާން މިސްކިތު ގައެވެ. އަދި ވިލިނގިލީގެ މަސްޖިދު އަލް ބިއްރީގައިވެސް މިހަރަކާތް ހޮނިހިރު ދުވަހު ކުރިއަށް ދާނެ ކަމަށް އެލައިޑުން މައުލޫމާތު ދެއެވެ.

މިއަހަރަކީ އެލައިޑުގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާ އަހަރުކަމަށް ވުމާއި އެކު، އަހަރު ތެރެއަށް ބަހާލައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އިޖުތިމާއީ ހަރަކާތްތައް ހިންގުމަށް އެކުންފުނިން ވަނީ ރާވާފަ އެވެ.

މިއީ އެކުންފުނީގެ ދެމިއޮތުމަށް ރައްޔިތުންގެ ފަރާތުން ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރުމުގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ ކަންކަން ކަމުގައި އެކުންފުނިން ފާހަގަކުރެއެވެ.