މިލިއުން ޝެއަރ ކުރައްވާ

ކަރާ ފަޅައިގެން އުރީދޫއިން ނަސީބުވެރި އެކަކަށް އަގުހުރި 10 އިނާމު

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

އާޓިފިޝަލް އިންޓެލިޖެންސްގެ އިންގިލާބީ ކުރިއެރުންތަކާއެކު ދުނިޔޭގެ މަސައްކަތުގެ މާހައުލަށް ބޮޑެތި ބަދަލުތަކެއް އަންނަނީ

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ސްޓްރައިޕް އާއި އެޑްވެންޓުން ޕޭޕަލް ގަންނަން ހުށަހެޅި 53 ބިލިއަން ޑޮލަރުގެ ބިޑާއެކު ފިންޓެކް ދާއިރާ ހަލަބޮލިވެއްޖެ

ބޭންކް އޮފް މޯލްޑިވްސްއިން ޓީޓީ ޕްރޮސެސްކުރުން ލަސްވުމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އުރީދޫ ކަސްޓަމަރުންނަށް ހާއްސަކޮށް މި ރޯދަމަހު ތައާރަފު ކުރި ހިތްގައިމު މޮބައިލް ގޭމް ކަމަށްވާ އުރީދޫ ކަރާ ފެޅުން ނިމެން ދެ ދުވަހަށް ވެއްޖެ އެވެ.

އުރީދޫ އިން ބުނީ “ކަރާ ފެޅުން” ރޯދަ މަހު އެންމެ ފަހު ދުވަހު ނިންމާލާއިރު މިއީ އެޕަލްގެ އެންމެ ފަހުގެ ޑިވައިސްތަކާއި ހިތްގައިމު 65 އިންޗީގެ ޓީވީއެއް ހިމެނޭ 10 އިނާމުގެ ބަންޑަލް ހޯދުމަށް މި ގޭމް ކުޅެގެން ލިބޭ އެންމެ ފަހު ފުރުސަތު ކަމަށެވެ.

އެހެން އަހަރުތަކުގައި ހަދިޔާފޮށި ގެނެސްދިން ގޮތަށް އުރީދޫ ކަރާ ފެޅުންވެސް އުރީދޫ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކުވެސް ހިތްގައިމު އިނާމުތަކެއް ހޯދުމަށް ފުރުސަތުތަކެއް ވަނީ ފަހިކޮށްދީފަ އެވެ.

އުރީދޫ އިން ބުނީ ދުވާލެއްގެ މައްޗަށް އެންމެ މަދުވެގެން 200 ޓެޕް ކޮށްގެން ކަސްޓަމަރުންނަށް މި ހިތްގައިމު ގްރޭންޑް ޕްރައިޒް ލިބުމުގެ ފުރުސަތު ފަހިވާނެ ކަމަށެވެ. އަދި ނަސީބުވެރި އެއް ފަރާތަކަށް އަލްޓިމޭޓް ޓެކް ޕެކޭޖް ލިބިގެންދާނެ އެވެ.

ޕެކޭޖްގައި ހިމެނޭ އިނާމުތައް

  • އެޕަލް އައފޯން 16 ޕްރޯ
  • މެކްބުކް އެއާ
  • އެއާޕޮޑްސް 4
  • އެޕަލް ވޮޗް
  • އެޕަލް ޓީވީ
  • އެޕަލް ހޯމްޕޮޑް
  • އެޕަލް އައިޕެޑް
  • އެޕަލް ޕެންސިލް
  • އެއާޕޮޑްސް މެކްސް
  • 65 އިންޗީގެ ޓީވީ

އުރީދޫ ކަރާ ފެޅުމަކީ ކަސްޓަމަރުންގެ މެދުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ގޭމެކެވެ. މި ގޭމްގައި ބައިވެރިވެ އިނާމު ހޯދުމަށް ކަރާ ފެޅުމުގައި އަދިވެސް ބައިވެރިވެވޭނެ އެވެ.