މިލިއުން ޝެއަރ ކުރައްވާ

ފެބްރުއަރީ މަހު އިންފްލޭޝަން މައްޗަށް

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

ދަރަނިތަކަށް 5.1 ބިލިއަން ހޭދަކުރުމާ އެކު، ބަޖެޓުގެ ބެލެންސް 1.3 ބިލިއަން އަރަނިކޮށްފި

ރާއްޖޭގެ ބާޒާރުގައި މުދަލާއި ހިދުމަތުގެ އަގުތައް މިއަހަރުގެ ފެބްރުއަރީ މަހު މައްޗަށް ގޮސްފި އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން އާންމު ކުރި މުދަލާއި ހިދުމަތުގެ އަގު ދައްކުވައިދޭ މިންގަނޑު، ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހާއި އަޅާބަލާއިރު މި އަހަރުގެ ފެބްރުއަރީ އަގުތައް ވަނީ 5.14 ޕަސެންޓް އުފުލިފަ އެވެ.

މުދަލާއި ހިދުމަތުގެ އަގުތައް މި އަހަރުގެ ޖެނުއަރީ މަހާއި އަޅާބަލާއިރު ފާއިތުވި ފެބްރުއަރީ މަހު ވަނީ 0.27 ޕަސެންޓް ބޮޑުވެފަ އެވެ.

ކަނޑުމަހުގެ އަގަށް އައި ބަދަލު ނުހިމަނައި މި އަދަދު ހުރީ 0.43 ޕަސެންޓްގަ އެވެ.

އަގުތައް އެންމެ ބޮޑަށް އުފުލުނީ މޭވާ އިންނެވެ.

އަގުތައް ބޮޑުވި މުދަލާއި ހިދުމަތްތައް

  • މޭވާ – 6.25 ޕަސެންޓް
  • މޯބައިލް މުވާސަލާތީ ހިދުމަތް – 1.86 ޕަސެންޓް
  • ކިރާއި އެހެނިހެން ޑެއިރީ އުފެއްދުން އަދު ބިސް – 0.76 ޕަސެންޓް
  • ރެސްޓޯރަންޓް ކެފޭ – 0.18 ޕަސެންޓް
  • އެއްގަމު މަސް – 1.28 ޕަސެންޓް

އަގުތައް ދަށަށް ދިޔަ ބާވަތްތަކުގެ ތެރޭގައި ތަރުކާރީ އާއި ކަނޑުމަސް ހިމެނެ އެވެ.

ތަރުކާރީގެ އަގުތައް 4.68 ޕަސެންޓް ދަށަށް ދިޔައިރު ކަނޑުމަހުގެ އަގުތައް 2.70 ޕަސެންޓް ދަށަށް ގޮސްފައިވެ އެވެ. މީގެ އިތުރުން ވައިގެ ދަތުރުފަތުރުގެ އަގުތައް 2.10 ޕަސެންޓް ދަށަށް ގޮސްފައިވެ އެވެ.