މިލިއުން ޝެއަރ ކުރައްވާ

އިންކަމް ޓެކްސް ބަޔާން ހުށަހަޅަން މީރާއިން އެހީވަނީ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

މިދިޔަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅަން ފަރުދުންނާއި ކުންފުނިތަކާއި އެހެނިހެން ފަރާތްތަކަށް އެހީތެރިވުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން މިއަދު ޕްރޮގްރާމެއް ފަށައިފިއެވެ.

މީރާއިން ނެރުނު އިއުލާނެއްގައިވަނީ، މިދިޔަ އަހަރަށް އިންކަމް ޓެކްސް ހުށަހަޅަން ޖެހޭ ފަރާތްތަކުގެ ތެރެއިން 10 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ މަދުން އާމްދަނީ ލިބިފައިވާ ފަރާތްތަކަށް އެހީތެރިވެދިނުމަށް، އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޕްރޮގްރާމެއް ކުރިއަށްގެންދާނެ ކަމަށެވެ.

އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ޓެލެފޯން، އީމެއިލް އަދި އެ ނޫންވެސް އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެންނެވެ.

އިންކަމް ޓެކްސް ގާނޫނުގެ ދަށުން ޓެކްސް ދައްކަންޖެހޭ އާމްދަނީގެ ތެރޭގައި ވިޔަފާރި އާމްދަނީއާއި އުޖޫރަ ހިމެނެއެވެ. އެހެންވެ، މިދިޔަ އަހަރު 10 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ މަދުން އާމްދަނީ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން “ކޭޝް ބޭސިސް”އަށް ހިސާބުތައް ތައްޔާރުކުރުމަށް އިޚްތިޔާރުކޮށްފައިވާ ފަރާތްތަކުން، އިންކަމް ޓެކްސް ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާނަމަ، މީރާގެ 9821415 ނަންބަރަށް ވައިބަރ މެދުވެރިކޮށް މެސެޖު ކުރުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.

މީރާގެ އީމެއިލް engagement@mira.gov.mv އަށް އީމެއިލް ކުރުމުންނާއި ހޮޓްލައިން 1415 އަށް ގުޅުމުންނާއި މީރާ ވެބްސައިޓުގެ ލައިވް ޗެޓް ފަންކްޝަން މެދުވެރިކޮށް ވެސް ނަން ނޯޓުކުރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވައިލައިފައި ކަމަށް އެ އޮތޯރިޓީން ފާހަގަކުރިއެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭތޯ ބެލުމަށް ޚާއްސަ ލިންކެއް ވެސް މީރާއިން ވަނީ ތައާރަފުކޮށްފައެވެ.

އިންކަމް ޓެކްސް ގާނޫނުގެ ދަށުން، ފަރުދުންގެ ޓެކްސް ރޭޓަށް ބަލާއިރު، މަހެއްގެ މައްޗަށް ލިބޭ ޓެކްސް ބިނާކުރެވޭ އުޖޫރަތަކަކީ:

  • 60،000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ – 0 ޕަސެންޓް
  • 60،000 – 100،000 ރުފިޔާ – 5.5 ޕަސެންޓް
  • 100،000 – 150،000 ރުފިޔާ – 8 ޕަސެންޓް
  • 150،000 – 200،000 ރުފިޔާ – 12 ޕަސެންޓް
  • 200،000 ރުފިޔާ – 15 ޕަސެންޓް

މިދިޔަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހެނީ އަންނަ ޖޫން މަހުގެ ނިޔަލަށެވެ.