މިލިއުން ޝެއަރ ކުރައްވާ

ދިއްދޫގައި ލޮނު އުފައްދާ ފެކްޓަރީ ހުޅުވައިފި

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

އުރީދޫ ނޭޝަންގެ އެޓޯލް އީސްޕޯޓްސް ލީގުގައި ބައިވެރިވާން ހުޅުވާލައިފި

މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

ހއ. ދިއްދޫގައި ލޮނު އުފައްދާ ފެކްޓްރީއެއް މިއަދު ހުޅުވައިފި އެވެ.

ދިއްދޫ ކައުންސިލުން ކުރިއަށް ގެންދާ ވިޔަފާރި މަޝްރޫޢެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ މި ފެކްޓަރީ ވަނީ ބިޑު އުސޫލުން ޖަޕާނުގެ އަމިއްލަ ކުންފުންޏަކަށް ކުއްޔަށް ދޫކޮށްފަ އެވެ.

މި މަޝްރޫއުގެ ދަށުން 15,000 އަކަފޫޓުގެ ބިމެއް 15 އަހަރުގެ މުއްދަތަށް ކުއްޔަށް ދީފައިވެ އެވެ. އަދި މިހާރު ފެކްޓްރީން ލޮނު އުފެއްދުމުގެ މަސައްކަތްވެސް ވަނީ ފަށާފަ އެވެ.

“ޓެންޕީ ސަން ސޯލްޓް” ނަމުގައި ތައާރަފް ކުރާ މި ލޮނު، ޖަޕާނާއި ރާއްޖޭގެ ރިސޯޓުތަކަށް ގެންދާނެ ކަމަށް ދިއްދޫ ކައުންސިލުން ބުންޏެވެ.

ދިއްދޫ ކައުންސިލުން އިތުރަށް ބުނީ ފެކްޓްރީ ހުޅުވުމުގެ ސަބަބުން ދިއްދޫގެ ބައެއް މީހުންނަށް ވަޒީފާގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ސަބަބުން ކައުންސިލްގެ އާމްދަނީއަށް މަހަކު 12,000 ރުފިޔާ، އަހަރަކު 144,000 ރުފިޔާ ލިބޭނެ ކަމަށްވެސް ކައުންސިލުން ލަފާކުރެ އެވެ.