މިލިއުން ޝެއަރ ކުރައްވާ

ކާޑު ޑޭޓާ ކޮމްޕްރޮމައިޒްވެގެން ހިނގާ މުއާމަލާތްތަކުން ކަސްޓަމަރުންނަށް މާލީ ގެއްލުމެއް ނުވާނެ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ކްރޫޒް ލައިނާތަކުން އައި ޓޫރިސްޓުންގެ އަދަދު ދެ ގުނަ މައްޗަށް

ބޭންކުގެ ކާޑު ޑޭޓާ ކޮމްޕްރޮމައިޒް ވެގެން ހިނގާ މުއާމަލާތްތަކުން ކަސްޓަމަރުންނަށް އެއްވެސް މާލީ ގެއްލުމެއް ނުވާނެ ކަމަށް, ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މިއަދު ބުނެފިއެވެ.

ބީއެމްއެލްއިން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ބޭންކުގެ ކާޑު އަދި ޕޭމަންޓް ސިސްޓަމްތައް ގާއިމްކޮށްފައި ވަނީ ޕޭމަންޓް ކާޑު އިންޑަސްޓްރީ ޑޭޓާ ސެކިއުރިޓީ ސްޓޭންޑަޑްތަކާ އެއްގޮތަށް ކަމަށެވެ.

އެގޮތުން، ބީއެމްއެލްއިން ވިސާ ތްރީޑީ ސެކުއާ، މާސްޓާ ކާޑު ސެކުއަކޯޑް އަދި އެމެރިކަން އެކްސްޕްރެސް ސޭފްކީ ފަދަ ބައިނަލްއަޤްވާމީ ކާޑު އެސޯސިއޭޝަންތަކުގެ ސެކިއުރިޓީ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރަމުންދާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

އެހެންކަމުން، އޮންލައިންކޮށް ކާޑުން ކުރެވޭ ހުރިހާ މުއާމަލާތްތަކަކަށް އެކަށީގެންވާ ވެރިފިކޭޝަން ޕްރޮސެސްއެއް ހިންގައި، މަލްޓި ފެކްޓާ އޮތެންޓިކޭޝަން ބޭނުންކުރެވޭކަން ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ.

ބީއެމްއެލްއިން ބުނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މާޗަންޓުންނާއި އީ ކޮމާސް މާޗަންޓުންގެ ސިސްޓަމްތައް ކޮމްޕްރޮމައިޒްވާ ހާލަތްތަކުގައި ކާޑުތަކުގެ ބައެއް މައުލޫމާތު ވަކި ޕަބްލިކް ޑޮމެއިންތަކުގައި ފެންނަން ހުރެދާނެ ކަމަށެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާއިމްވެފައިވާ ކާޑު ދޫކުރާ ފަރާތްތަކުގެ އެތައް މިލިއަން ކަސްޓަމަރުންނަށް ވެސް މިފަދަ ހާލަތް ދިމާވާކަމަށެވެ.

ކާޑު އެސޯސިއޭޝަންތަކާ ގުޅިގެން، ބޭންކުން އަބަދުވެސް ކާޑުގެ ރައްކާތެރިކަން ކަށަވަރުކުރާކަމަށާއި އަދި ކާޑުގެ މައުލޫމާތު ހާމަވެދާނެ މިފަދަ އަމަލެއް ހިނގަމުންދޭތޯ މޮނިޓާ ކުރާކަން ފާހަގަކޮށް ބޭންކުން ބުނީ، ކާޑުގެ މައުލޫމާތުތައް ކޮމްޕްރޮމައިޒްވާ ކޮންމެ ހާދިސާއެއްގެ މައުލޫމާތު ކާޑު އެސޯސިއޭޝަންތަކުން ބޭންކަށް އަންގަމުންދާނެ ކަމަށެވެ. މިއާއެކު ބޭންކުން ކޮމްޕްރޮމައިޒްވާ ކާޑުތައް ވަގުތުން ބްލޮކްކޮށް، ކަސްޓަމަރުންނަށް އައު ކާޑު ދޫކުރާނެ ކަމަށް ބުނެފައި ވެއެވެ.

ކަސްޓަމަރުން ގަބޫލުނުކުރާ މުއާމަލާތްތަކާއި މުދާ ނުވަތަ ޚިދުމަތް ލިބިފައިނުވާ މުއާމަލާތްތަކަށް، ބޭންކުގެ އުސޫލުތަކާއި ކާޑު އެސޯސިއޭޝަންގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ޑިސްޕިއުޓް ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެކަމަށް ވެސް ބޭންކުން ބުނެފައި ވެއެވެ.

“ކާޑުގެ މައުލޫމާތު ކޮމްޕްރޮމައިޒްވާ ހާލަތްތަކުގައި ވެސް، ކަސްޓަމަރުންނަށް ފުރިހަމަ ރައްކާތެރިކަން ލިބޭނެ އަދި އެއްވެސް މާލީ ގެއްލުމެއް ނުވާނެ،” އެ މެސެޖުގައި ވެއެވެ.

މީގެކުރިން ބީއެމްއެލް ކާޑުގެ މައުލޫމަތު ކޮމްޕްރޮމައިޒް ވުމުގެ ހާދިސާތައް ހިނގާފައި ވެއެވެ.