މިލިއުން ޝެއަރ ކުރައްވާ

ކޮމާޝަލް ޕްރޮޕަޓީ ފައިނޭންސިން ތާރަފްކޮށްފި

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ކްރޫޒް ލައިނާތަކުން އައި ޓޫރިސްޓުންގެ އަދަދު ދެ ގުނަ މައްޗަށް

ބޭންކް އޮފް މޯލްޑިވްސްއިން ކޮމާޝަލް ޕްރޮޕަޓީ ފައިނޭންސިން ފެސިލިޓީއެއް މިއަދު ތަޢާރަފުކޮށްފިއެވެ.

މި ފެސިލިޓީގެ ދަށުން ބިމާއި ވިޔަފާރި ބޭނުންތަކަށް އިމާރާތާއި ގަރާޖު ގަތުމަށް ފައިނޭންސިން ލިބޭނެ ކަމަަށް އެ ބޭންކުން ބުނެއެވެ.

ބީއެމްއެލްއިން ބުނީ މި ފައިނޭންސިން ފެސިލިޓީގެ ދަށުން ވިޔަފާރިތަކަށް 30 މިލިއަން ރުފިޔާއާ ހަމައަށް، 12 އިންސައްތައިގެ ރޭޓެއްގައި، ގްރޭސް ޕީރިއަޑެއް ހިމެނޭހެން އަނބުރާ ދެއްކުމަށް ލުއި ފަސޭހަ ގޮތްތަކެއް ލިބިގެންދާނެ ކަމަށެވެ.

“ކޮމާޝަލް ޕްރޮޕަޓީ ފައިނޭންސިން ފެސިލިޓީ ފަރުމާކޮށްފައިވަނީ އޮފީސް ޖާގަ އާއި ގުދަން ފަދަ ތަންތަން ހޯދުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދީގެން ވިޔަފާރިތައް ބާރުވެރިކުރުވުމަށެވެ. މި ފައިނޭންސިން އާއެކު ވިޔަފާރިތަކަށް ކުރިއެރުމާއި ހިންގުމުގެ ގާބިލުކަން އިތުރުކުރުމަށް އިންވެސްޓްކުރެވޭނެ އައު މަގުތަކެއް ހުޅުވައިދޭނެ,” ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްއިން ބުނީ މި އައު ޕްރޮޑަކްޓް ފަރުމާކޮށްފައިވަނީ ވިޔަފާރި ފުޅާކުރުމަށާއި، އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓަށް ކަމަށާއި ދެމެހެއްޓެނިވި ކުރިއެރުމަށް ބޭނުންވާ މާލީ ހައްލުތައް ފަސޭހައިން ލިބޭނެ ގޮތް ހޯދުމަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ.

މީގެ އިތުރުން، ބީއެމްއެލްއިން އަންނަނީ އެކި ވިޔަފާރީގެ ބޭނުންތަކަށް އަމާޒުކޮށްގެން ވިޔަފާރި ތަރައްގީކުރުމުގެ ލޯނާއި ފައިނޭންސިން، އެސްއެމްއީ ފައިނޭންސިން، ޓްރޭޑް ފައިނޭންސް އަދި ވޯކިން ކެޕިޓަލް ފެސިލިޓީތައް ވެސް ފޯރުކޮށްދެއެވެ.