މިލިއުން ޝެއަރ ކުރައްވާ

ފަސް އަތޮޅަކަށް ހާއްސަ ލުއިތަކެއް ދެނީ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

މުޅި ރާއްޖެ އަށް ޓޫރިޒަމް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، ޓޫރިޒަމް ކުރިއަރާފައި ނުވާ ފަސް އަތޮޅަކަށް ހާއްސަ ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި، ޓޫރިޒަމް ދާއިރާއިން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާ ކުރައްވަމުން، ރައީސް ވިދާޅުވީ މިހާތަނަށް ޓޫރިޒަމް ކުރިއަރާފައި ނުވާ ރަށްތަކަށް ޓޫރިޒަމް ގެންދިޔުމަށް ވިސްނުންތަކެއް ގެންގުޅޭ ކަމަށެވެ.

މިގޮތުން، ހއ. ހދ. ށ. ތ. އަދި ލ. އަތޮޅުގައި ޓޫރިޒަމް ފުޅާކުރުމަށްޓަކައި އިންވެސްޓަރުން ޝައުގުވެރިވާނެ ފަދަ ލުއިތައް ދިނުމަށް ނިންމާފައިވާ ކަން ހާމަކުރައްވައި، އެ މަނިކުފާނު ވަނީ ލޭންޑް އެކުއިޒިޝަން ކޮސްޓާއި އިމްޕޯޓް ޑިއުޓީ އިން ހާއްސަ ލުއިތަކެއް ދިނުމަށް ކަމާ ބެހޭ ގަވާއިދަށް ބަދަލުގެނެސް މި މަހު ތެރޭގައި ހުޅުވާލެވޭނެ ކަން އިއުލާނު ކުރައްވައިފަ އެވެ.

“ފަސް އަތޮޅަށް އެކަނި ސަންސެޓް ކްލޯޒެއް ލާފައި ހުޅުވާލުމަށް. އެކުއިޒިޝަން ކޮސްޓަށް ލުއިތަކެއް ލާނެ، އިމްޕޯޓުކުރާ ތަކެއްޗަށް ނަގާ ޑިއުޓީއަށް ލުއިތަކެއް ދޭނެ. މި އާއެކު މި އަތޮޅުތަކަށް އިންވެސްޓުކުރާނެ ފަރާތްތައް ލިބިގެންދާނެ ކަމަށް މި ބަލަނީ،” ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ވަކި މުއްދަތަކަށް ދެވޭ މި ލުއިތައް، މި ފަސް އަތޮޅުން ވެސް އާންމު އަދަދުތަކުން ޑިޔުޓީ އާއި ޓެކްސް ނަގަން ފެށޭނެ އެވެ.

މި ފަސް އަތޮޅުގެ އިތުރުން، އައްޑޫއަށް ވެސް ކްރޮސް ސަބްސިޑީގެ އުސޫލުން ޓޫރިޒަމްގެ ބިޔަ މަޝްރޫއުއެއް އިއުލާނުކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.