މިލިއުން ޝެއަރ ކުރައްވާ

ޓީ-ބިލާއި ބޮންޑަށް 94 ބިލިއަން ރުފިޔާ ދައްކަންޖެހޭ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

ދަރަނިތަކަށް 5.1 ބިލިއަން ހޭދަކުރުމާ އެކު، ބަޖެޓުގެ ބެލެންސް 1.3 ބިލިއަން އަރަނިކޮށްފި

ޓްރެޝަރީ ބިލް (ޓީބިލް) އާއި ޓްރެޝަރީ ބޮންޑަށް އަނބުރާ ދައްކަންޖެހޭ އަދަދު 94.1 ބިލިއަން ރުފިޔާއަށް އަރާފައިވާކަން ހާމަވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މީގެ ތެރެއިން 84.9 ބިލިއަން ރުފިޔާއަކީ ޑޮމެސްޓިކް އިންސްޓްރުމެންޓްސް ނުވަތަ ރާއްޖޭގެ ފަރާތްތަކުން ހޯދާފައިވާ ޓީބިލާއި ބޮންޑެވެ.

މީގެ ތެރެއިން 38.1 ބިލިއަން ރުފިޔާއަކީ ދިވެހި ރުފިޔާއިން ނަގާފައިވާ ޓީ-ބިލުތަކަށް އަނބުރާ ދައްކަންޖެހޭ އަދަދެވެ. ރުފިޔާއިން ނަގާފައިވާ ބޮންޑްތަކަށް 27 ބިލިއަން ރުފިޔާ ދައްކަންޖެހެ އެވެ.

ރުފިޔާއިން ނަގާފައިވާ އިސްލާމިކް އިންސްޓްރުމެންޓްސްތަކަށް 3.2 ބިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށްވެސް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކަ އެވެ.

އެކްސްޓާނަލް އިންސްޓްރުމެންޓްސް ނުވަތަ ރާއްޖެއިން ބޭރުގެ ފަރާތްތަކުން ހޯދާފައިވާ ބޮންޑާއި ސުކޫކަށް 9.2 ބިލިއަން ރުފިޔާ ދައްކަންޖެހެ އެވެ.

ސެކިއުރިޓީޒް އަނބުރާ ދައްކަންޖެހޭ މުއްދަތުތައް

  • އެއް މަސް ތެރޭގައި: 154 މިލިއަން ރުފިޔާ
  • އެއް މަސް: 2.7 ބިލިއަން ރުފިޔާ
  • ތިން މަސް: 3.5 ބިލިއަން ރުފިޔާ
  • ހަ މަސް: 8.5 ބިލިއަން ރުފިޔާ
  • އެއް އަހަރު: 32.8 ބިލިއަން ރުފިޔާ
  • އެއް އަހަރާއި ފަސް އަހަރު: 8.6 ބިލިއަން ރުފިޔާ
  • ފަސް އަހަރާއި 10 އަހަރު: 16.9 ބިލިއަން ރުފިޔާ
  • 10 އަހަރާޢި 15 އަހަރު: –
  • 15 އަހަރާއި 20 އަހަރު: 20.6 ބިލިއަން ރުފިޔާ

ޓީ-ބިލަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ. ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.

ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަނެ އެވެ.