މިލިއުން ޝެއަރ ކުރައްވާ

މިފްކޯގެ ކޮންސަލްޓެންޓަކަށް އާތިފް

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ދިވެހިރާއްޖެއަށް ތައާރަފުކޮށްފި

ބީއެމްއެލްގެ 1000 ޑޮލަރު ލިބޭ ޕްރޮމޯޝަން

އިންކަމް ޓެކްސްއިން ލިބުނު އާމްދަނީއަށް ބޮޑު ކުރިއެރުމެއް

ނިޒާމު ސާފުކުރުމުގެ ބާރު އޮތީ ސިވިލް ސާވަންޓުންގެ އަތްމަތީގައި

މިފްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އާތިފް ޝަކޫރު އެ ކުންފުނީގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓްގެ މަގާމަށް އައްޔަނުކޮށްފި އެވެ.

މި މަހުގެ އެއްވަނަ ދުވަހު މަގާމާ ހަވާލުވެވަޑައިގެންފައިވާ އާތިފްގެ މައިގަނޑު މަސްއޫލިއްޔަކީ މިފްކޯއަށް ގެންނަންޖެހޭ ސްޓްރެޓެޖިކް ބަދަލުތަކާ ގުޅޭ ލަފާ ދިނުމެވެ.

ރާއްޖޭގެ އިގްތިސާދީ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި ހިމެނޭ އާތިފް ވަނީ 2004 އިން 2013 އަށް މިފްކޯގައި އެކި މަގާމުތައް ފުރުއްވާފަ އެވެ. މީގެތެރޭގައި ސީއީއޯގެ މަގާމުވެސް ހިމެނެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން މިފްކޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް ބޭފުޅަކު ހޯދުމަށް މިދިޔަ އަހަރު އިއުލާން ކުރުމުން އެ މަގާމަށްވެސް އޭރު އާތިފް ކުރިމަތިލެއްވި އެވެ. އެކަމަކު ޝަރުތު ހަމަވާ ބޭފުޅަކު ކުރިމަތިލާފައި ނުވާ ކަމަށް ބުނެ ޕީސީބީ އިން ފަހުން އެ އިއުލާން ބާތިލްކުރި އެވެ.

އޭގެފަހުން މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބިދޭސީއަކު އައްޔަންކުރުމަށްފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާ މަގާމުން ވަކިކުރި އެވެ. އަދި އޭގެފަހުން މިފްކޯގެ ސީއީއޯގެ މަގާމަށް ފަރުހަތު ޝަހީރު އައްޔަންކުރައްވާފަ އެވެ.