މިލިއުން ޝެއަރ ކުރައްވާ

ފައިސާ ނުލިބެނީސް ޖީއެސްޓީ ދައްކަންޖެހޭތީ ގަރާރެއް

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

ދަރަނިތަކަށް 5.1 ބިލިއަން ހޭދަކުރުމާ އެކު، ބަޖެޓުގެ ބެލެންސް 1.3 ބިލިއަން އަރަނިކޮށްފި

ވިޔަފާރިތަކަށް ފައިސާ ނުލިބެނީސް އެ މުދަލެއް ނުވަތަ ޚިދުމަތަކަށް ޖީއެސްޓީ ދައްކަން ޖެހޭ ގޮތަށް ގާނޫނު އޮތުމުން ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފިއެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު މިހާރު އޮންނަ ގޮތުން، މުދަލެއް ނުވަތަ ޚިދުމަތެއްގެ އަގަށްވާ ޓެކްސް އިންވޮއިސް ތައްޔާރުކުރާ ވަގުތުން ފެށިގެން ޓެކްސް ދައްކަން ޖެހޭނެއެވެ. އެހެންވެ، އެ މުދާއި ނުވަތަ ޚިދުމަތަށް ފައިސާ ނުލިބެނީސް ޓެކްސް ދައްކަންޖެހެއެވެ.

އެހެން ދިމާވަނީ މުދަލެއް ނުވަތަ ޚިދުމަތެއް ވިއްކުމަށް ފަހު ސަރުކާރުގެ އެކި އިދާރާތަކަށް އިންވޮއިސް ހުށަހެޅުމުން އެ އިންވޮއިސްތަކަށް ފައިސާ ނުލިބި ގިނަ ދުވަސްވާތީއެވެ.

އެ މައްސަލައިގައި މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދެވެ.

ގަރާރުގައި ނިއުޝާދު ވިދާޅުވީ، ކުދި ވިޔަފާރިތަކަށް ޓެކްސް ނުދެއްކެނީ އިންވޮއިސްތަކަށް ފައިސާ ނުލިބޭތީ ކަމަށެވެ. އެ ފަދަ ހާލަތެއްގައި ޓެކްސް ނުދެއްކި އޮތުމުން އެއީ ޓެކްސް ނުދައްކާ ކުންފުންޏަކަށް ހެދުމަށް ފަހު ސަރުކާރުގެ މަސައްކަތްތައް އެ ކުންފުނިތަކަށް ހަވާލުނުކުރުމަކީ ‘ޖަރީމާއެއް’ ގޮތުގައި އެ ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.

ދަރާފައި ހުރި ކުންފުނިތަކަށް މަޝްރޫއުތައް ނުދޭން އަންގައިފިއިތުރަށް ވިދާޅުވުމަށް

އެ ކަމުގެ ސަބަބުން އިގުތިސާދު ހީނަރުވެ، އެތައް ބައެއްގެ ވަޒީފާ ގެއްލި، ގިނަ ބައެއްގެ ދިރިއުޅުމަށް ދަތިވެދާނެކަމަށް ގަރާރުގައިވެއެވެ.

އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ ގިނަ އަދަދެއްގެ ފައިސާ އަދިވެސް ނުދީ އެބައޮތެވެ. އެ މައްސަލަ މި އަހަރުގެ ރޯދަމަހުގެ ކުރިން ހައްލުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެއެވެ. އެކަމަކު، އެ ފައިސާ މިހާތަނަށް ދޫކޮށް ނިންމާފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މަޖިލީހުން ވަނީ ދައުލަތަށް ދަރާފައިވާ ކުންފުނިތަކަށް މަސައްކަތް ހަވާލުނުކުރާން ފިނޭންސް މިނިސްޓްރީއަށް ލަފާދީފައެވެ.