ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އެ ކުންފުނީގެ އާ ސްޓްރެޓެޖިކް ޕްލޭން ރަސްމީކޮށް ލޯންޗްކޮށްފި އެވެ.
އެޗްޑީސީ އިން ބުނީ މި ޕްލޭނަކީ ހާމަކަން ބޮޑު ގޮތެއްގައި ވެރިކަން ހިންގުމާއި، ރަނގަޅު ގަވާނަންސް އަދި ޒަމާނީ އުމްރާނީ ތަރައްގީ ގެނައުމަށް މަގުދައްކައިދޭނެ ޕްލޭނެއް ކަމަށެވެ.
މި ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމުގައި ޔޫއެންޑީޕީގެ އެހީތެރިކަން ލިބިފައިވާކަން އެޗްޑީސީން ފާހަގަކޮށްފައިވެ އެވެ.
މި ޕްލޭންގެ ސަބަބުން އެޗްޑީސީގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ބޯހިޔާވަހިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން އުއްމީދު ކުރެ އެވެ.
މި ޕްލޭނާ ގުޅޭ އިތުރު ތަފްސީލްތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.